ސަލާމަތީ ޚިދުމަތްތަކުގެ ކޮމެޓީން ބެލި މުހިންމު މައްސަލަތަކެއްގެ ރިޕޯޓު މާދަމާގެ ޖަލްސާއަށް

ސަލާމަތީ ޚިދުމަތްތަކުގެ ކޮމެޓީން ބަލައިފައިވާ މުހިންމު މައްސަލަތަކެއްގެ ރިޕޯރޓް މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ. އެކޮމެޓީން ނިންމި ތިން ރިޕޯރޓެއް މަޖިލީހުގެ ތަޅުމަށް ހުށަހަޅައި ބަހުސްކޮށް މާދަމާގެ ޖަލްސާގައި ގޮތެއް ނިންމާނެއެވެ.

އެރިޕޯރޓް ތަކުގެ ތެރެއިން އެއް ރިޕޯޓަކީ މ. އުޖާލާގެ ބަލައިފާސްކުރުމަށް ފުލުހުން ހިންގި އޮޕަރޭޝަނާ ގުޅިގެން ފުލުހުންގެ ތެރެއިން ބަޔަކު އިޙްތިޖާޖުކުރަމުންދިޔަ މައްސަލަ،ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓެވެ. ދެވަނަ ރިޕޯރޓަކީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން، ކޮމިޓީން ބަލައިގަތް މައްސަލަތައް، ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓެވެ. ތިންވަނަ ރިޕޯރޓަކީ ރ.މީދޫ / ހުސްނުހީނާގެ، އަޙްމަދު އަނީސްއަށް ފުލުހުން އަނިޔާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލަ، ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ދިރާސާ ކޮށް ނިންމިގޮތުގެ ރިޕޯރޓެވެ.

މާދަމާގެ އެޖެންޑާ ގައި އޮތީ ކޮމެޓީތަކުގެ ރިޕޯރޓްތައް ހުށަހެޅުމާއި އެރިޕޯރޓްތަކާމެދު ގޮތެއް ނިންމުން އެކަންޏެވެ. އަނިޔާއިން ކުޑަކުދިން ރައްކާތެރިކުރުމަށް އެދި ހުށަހަޅައިފައިވާ ޕެޓިޝަން، ޕެޓިޝަން ކޮމިޓީން ދިރާސާ ކޮށް ނިންމިގޮތުގެ ރިޕޯޓުވެސް މާދަމާގެ ޖަލްސާއަށް ހުށަހެޅުމަށް ވަނީ އެޖެންޑާ ކޮށްފައެވެ.

ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ޤާނޫނަށް އިސްލާހުގެނައުމުގެ ބިލު، މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓާއި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު، ލާމަރުކަޒީ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯރޓް ވެސް މާދަމާގެ ޖަލްސާއަށް ހުށަހަޅައި ގޮތެއް ނިންމާނެއެވެ.

އާންމު ގަވާއިދުތަކާބެހޭ ގާނޫނުގެ ޖަދުވަލު 1 އަދި 2 ގައިވާ ގަވާއިދުތަކަށް އަމަލުކުރުމުގެ މުއްދަތު އިތުރުކުރުމާ ގުޅޭ މައްސަލަ ގަވާއިދު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓް ވެސް މާދަމާގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފައެވެ. ކުރިން އޮތީ މިއަހަރުގެ ނިޔަލަށް އާންމު ގަވާއިދުތަކާބެހޭ ގާނޫނު އުވިގެން ދާނެކަމަށް އެކޮމެޓީން ނިންމައި މަޖިލީހުން ފާސްކޮށްފައެވެ.

މާދަމާގެ ޖަލްސާ ބޭއްވުމަށް އެޖެންޑާ ކޮށްފައިވަނީ ހަވީރު 4:30 ގައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.