ބަންގްލާދޭޝްގައި ތިބި ރޮހިންޖާ ރެފިއުޖީން ވަކި ޖަޒީރާއަކަށް ބަދަލުކުރަނީ

ރޮހިންޖާ ރެފިއުންޖީންގެ 1 ލައްކަ މީހުންނަށް ބަންގްލާދޭޝް ބާސަން ޗާރް ޗަޒީރާގައި ހަދާފައިވާ ވަގުތީ ހިޔާތައް

ބަންގްލާދޭޝްގެ ކޮކްސަސް ބާޒާރުގެ ރެފިއުޖީ ކޭންޕުތަކުގައި ދިިރިއުޅެމުންދާ ރޮހިންޖާ ރެފިއުޖީން ދުރުގައި އޮތް ޖަޒީރާއަަކަށް ބަދަލުކުރުމުމުގެ މަސައްކަތް އެ ގައުމުގެ ސަރުކާރުން ފަށައިފިއެވެ.

ބަންގްލާދޭޝްގެ މިނިސްޓަރ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް ޝަހްރިޔާރް އާލަމް ވިދާޅުވިގޮތުގައި ރެފިއުޖީންގެ 1642 އަންހުންނާއި، ފިރިހެންނާއި ކުޑަކުދިން ވަނީ އެގައުމުގެ އައްސޭރިއާ 40 ކިލޯމީޓަރު ދުރުގައި ބޭ އޮފް ބެންގޯލްގައި އޮންނަ ބާސަން ޗާރް ޖަޒީރާއަށް ބަދަލުކޮށްފައެވެ. ޚަބަރުފަތުރާ ބައެއް ވަސީލަތްތަކުން ބުނެފައިވާ ގޮތުގައި އެއީ ވާރޭ ވެހުމުން ވަރަށް ފަސޭައިން ފެންބޮޑުވާ ރަށެެކެވެ.

ބަންގްލާދޭޝް ސަރުކާރުން ބުނީ ރެފިއުޖީންެގެ ތެެރެއިން އެ ރަަށަށް ބަދަލުކުރަނީ އެކަމަށް ބޭނުންވާ މީހުން ކަމުގައެވެ. އެހެންނަަމަވެސް ރެފިއުޖީންނާއި، އިންސާނީ ހައްގުތަކަަށް މަސައްކަތްކުރާ ޖަމާއަތްތަކުން ބުނަމުން ގެންދަނީ ރެފިއުޖީން އެ ރަަށަށް ބަދަލުކުރަނީ އެމީހުންގެ ރުހުމެއް ނެތި، ގަދަކަމުން ކަމުގައެވެ.

ޚަބަރު ލިބޭ ގޮތުގައި ބަންގްލާދޭޝްގެ ކަމާބެހޭ ފަރާތްތަކުން މިހާރު ވަނީ ޗިޓޮގްރާމް (ޗިޓަގޮންގް) ބަނދަރަށް ގެންގޮސް އެ ތަނުން ބާސަން ޗާރް ޖަޒީރާއަށް ގެންދިއުމަށް 4 ހާސް މީހުންގެ ލިސްޓެއް ތައްޔާރުކޮފައެވެ. އިއްޔެ ގެންދިއީ ލިސްޓުކުރެވިފައިވާ މީހުންގެ ތެރޭން ފުރަތަމަ ގްރޫޕެވެ.

ބަންގްލާދޭޝް ކަނޑުގެ ސިފައިންގެ އުޅަނދެއްގައި އިއްޔެ ރެފިއުޖީން ބާސަން ޗާރް ޖަޒީރާއަށް ގެންދަނީ

"އިންސާނީ ހައްގުތަކާބެހޭ ތަޖުރިބާކާރުން ހާލަތު ވަޒަންކޮށް ފެހި ސިގްނަލް ދިނުމުން ނޫނީ ރޮހިންޖާ ރެފިއުޖީން ކޮކްސަސް ބާޒާރުން ބާސަން ޗާރް ޖަޒީރާއަށް ބަދަލު ނުކުރުމަށް ބަންގްލާދޭޝް ސަރުކާރުން އދ. އަށް ވެފައިވާ ވައުދާ އެ ގައުމުން ދަނީ ޚިލާފުވަމުން. އެ ރަަަށަކީ މީހުން ދިރިއުޅެން ކަމުދާ ރަށެއް ކަމުގެ ޔަގީންކަން ސަރުކާރަށް އޮތްނަމަ، އެމީހުން އެކަން ކުރާނީ ދެފުށް ފެންނަ ގޮތަަށް. އަދި އދ. ގެ ހާލަތުވަޒަންކުރުމަށް ފުރުސަތު ނުދީ އަވަސް އަރުވައިގެން ރެފިއުޖީން އެރަށަށް ނުގެންދާނެ." ހިއުމަން ރައިޓްސް ވޮޗްގެ އޭޝިޔާ ޑިރެކްޓަރ ބްރޭޑް އެޑަމްސް ނެރުއްވި ބަޔާނެއްގައި ވެއެވެ.

ބަންގްލާދޭޝް ސަރުކާރުން ވަނީ އެތައް އަހަރެއްގެ މަސައްކަތުން ބާސަން ޗާރް ޖަޒީރާގައި އެއްލައްކަ މީހުންނަށް ދިރިއުޅެވޭ ވަރުގެ ވަގުތީ ހިޔާތަކެއް ތައްޔާރުކޮށްފައެވެ. ސަރުކާރުން ބުނާ ގޮތުގައި މި ކަމުގެ ބޭނުމަކީ ކޮކްސަސް ބާޒާރުގައި ތޮެއްޖެހުން ކުޑަކުރުމެެވެ. އަންދާާޒާ ކުރެވޭ ގޮތުގައި ކޮކްސަސް ބާޒާރުގެ ރެފިއުޖީ ކޭމްޕްތަކުގައި 7 ލައްކައަށްވުރެ ގިނަ ރޮހިންޖާ ރެފިއުޖީން ދިރިއުޅެމުން ދެއެވެ.

ސަރުުކާރުން ސިފަކުރާ ގޮތުގައި ބާސަން ޗާރްގައި ހަދާފައިވާ ވަގުތީ ހިޔާތަކަކީ ފެންބޮޑުވުމާއި ޠޫފާނީ ވައިން ސަލާމަތްކޮށްދޭ ފެންވަރަށް ހަދަާފައިވާ ހިޔާތަކެކެވެ. އަދި އެ ތަނުގައި އުޅޭ މީހުންނަށް ޚިދުމަތް ދިނުމަށް 20 އެނދުގެ ދެ ހޮސްޕިޓަލާއި، 3 ސްކޫލްވެސް ވަނީ ބިނާކޮށްފައެވެ. އެެހެންނަމަވެސް، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން އެ ހިޔާތަކުގެ ފެންވަރާ މެދު ސުވާލުއުފައްދައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.