މެރެޑޯނާ މަރުވުމުގެ ހިތާމަައިގައި އާޖެންޓީނާގައި 3 ދުވަހުގެ ގައުމީ ހިތާމަ އިއުލާންކޮށްފި

އާޖެންޓިީނާ އުފެއެްދި އެންމެ މޮޅު ފުޓުބޯޅަ ތަރި ޑިއޭގޯ މެރެޑޯނާ އިއްޔެގެ ވަގުތެެއްގައި މަރުވުމާއެކު މުޅީ އާޖެންޓީނާ، ރައްޔިތުންނާ ސަރުކާާރާއެކު ވަނީ، ފުން ހިތާމައެއްގައެވެ. އޭނާ މަރުވުގެ ހިތާމައިގައި ރައީސު އަލްބެރްޓޯ ފެރްނާންޑޭޒް ވަނީ 3 ދަވަހުގެ ގައުމީ ހިތާމަ އިއުލާންކުރައްވާފައެެވެ.

"މިއަދަކީ އާޖެންޓީނާގެ އެންމެންނަށް ވަަރަށް ހިތާމަވެރި ދުވަހެއް. ވަރަށް ބޮޑު ނިކަމެތިކަމެއް ލިބުނު ދުވަހެއް. މެރެޑޯނާ އަހަރުމެންނަށް އަބަދުވެސް ގެނެސްދިނީ އުފާވެރިކަން. އަހަރުން ތިބީ އަަބަދުގެ އަބަދަށް އޭނާއަށް ދަރަނިވެރިވެފައި." ގައުމީ ހިތާމަ އިއުލާންކުރައްވަމުން ރައީސު ފެރްނާންޑޭޒް ވިދާޅުވިއެވެ.

"އެއްވެސް ޝައްކެން ނެތް ގޮތުގައި ދެވަނައެއް ނެތް ފަދަ އިންސާނެއް. އޭނާ ފުޓުބޯޅަ ކުޅުން ގަަދަފަދަކަމާއެކު އޭނާ ވަނީ އޭނާ ބޭނުންވާ ކަންކަން ވެސް ކޮށްފަަ." ރައީސު ވިދާޅުވިއެވެ.

މެރެޑޯނާއަށް ތާއިދުކުރާ އެތައްހާސް ބަޔަކު ދަނީ ބުއެނަސް އައެރަސްގެ މަގުތަކަށް ނުކުމެ ހިތާމަފާޅުކުރަމުންނެވެ. އެތައް ހާސް ބަޔަކު ދަނީ އޭނާ ކުރިން ކުޅުނު ކްލަބް ބޮކާ ޖޫނިއާސްގެ މަރުކަޒު ކައިރިއަށް އެއްވެ އޭނާގެ ހަނދާނުގައި މާ ބޮނޑި ބަހައްޓަމުންނެވެ.

ބުއެނަސް އައެރަސްގެ މަގުތަކުގައި ޓްރެފިކް މައުލޫމާތުތައް އަރުވާ ހުރީހާ ޑިޖިޓަލް ބޯޑަކަަށް މިިހާރު އަރަމުން ދަނީ އެންމެ އިބާރާތެކެެވެ. "ޝުކުރިއްޔާ! މެރެޑޯނާ" އެވެ.

އޭނާ މަރުވުމުގެ ހިތާމައިގައި ދުނިޔޭގެ ކަަންކޮޅުތަކުން ދަނީ ހިތާމައިގެ ޝުއޫރުތައް އޮެހެމުންނެވެ.

30 އޮކްޓޯބަރު 1960 ގައި އާޖެންޓީނާގެ ޓިގްރޭއަށް އުފަންވި މެރެޑޯނާ އުމުރުން 60 އަހަރުގައި އިއްޔެގެ ވަގުތެއްގައި މަރުވެފައިވަނީ ހިތް ހުއްޓިގެންނެވެ. އޭނާ މަރުވީ ބުއެނަސް އައިރެސްގެ އުތުރުން 40 ކިލޯމީޓަރު ދުރުގައި އޮންނަ ޓިގްރޭގައި ހުރި އޭނާގެ ގޭގައެވެ.

1986 ވަނަ އަހަރު އާޖެންޓީނާއަަށް ދުނިޔޭގެ ފުޓުބޯޅަ ތަށި ހޯދައިދިނުމުގައި އެންެމެ މުހިއްމު ދައުރެއް އަދާކުރި މެރެޑޯނާއަކި އާޖަންޓީނާގައި ބަޠަލެކެވެ.

1980 ގެ އަހަރު ތަކުގެ ތެރޭގައި މަސްތުވާތަކެތީގެ  ތެރެއަށް ވަދެވުނު މެރެޑޯނާގެ ފުޓުބޯޅަ ކެރިއަރު އަވަހަށް ނިންމާލަން ޖެހުނީ އެކަމުގެ ސަަބަބުންނެވެ. އޭނާއަށް މަސްތުވާތަކެތި ދޫކޮށްލެެވޭ ވަރުވީ 2004 އާ ހަަމަައިންނެވެ.

، 

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.