ބްރެޒިލްގައި ބަހަކާ ޓްރަކެއް ޖެހި 41 މީހުން މަަރުވެއްޖެ

ބްރެޒިލްގައި އިއްޔެ ހިނގި އެކްސިޑެންޓުގައި ހަލާކުވެފައިވާ ބަސް

ބްރެޒިލްގެ އިރުދެކުނުގައި ބަހަކާއި ޓްރަކެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މަދުވެގެން 41 މީހުން މަރުވެ، 10 މީހުން މަރުވެއްޖެއެވެ.

ސައު ޕާއުލޯ ސްޓޭޓްގެ ޓަގުއާއީ އަވަށުގެ ފޮތި ފެކްޓަރީއަކަށް މަސައްކަތުމީހުން ގެންދަން ދަތުރު ކުރި ބަސް އެ އަވަށެ ބޭރުން ހައިވޭގައި ޓްރެއްގައި ޖެހި އެކްސިޑެންޓުވެފައި ވަނީ ހިއްޔެ ހެނދު 7:00 (ރާއްޖޭ ގަޑިން އިއްޔެ ހަވީރު 5:00) ޖެހުމުގެ އިރުކޮޅެއް ކުރިންނެވެ.

"މުޅި ތަނުގައި އޮތީ މީހުންގެ ހަށިތައް." އެކްސިޑެންޓު ހިނގި ތަނަށް ދިޔަ ފުލުސް އޮފިސަރަކު ބުންޏެވެ.

"ޓްރަކްގައި ތިބީ ކޮން ބައެއް ކަމެއް، ބަހުގައި ތިބީ ކޮން ބައެއް ކަމެއް ބުނެދެވޭ ގޮތެއްވެސް ނެތް." އޭނާ ވިދާޅުވިއެވެ.

މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރިއަށް ދާ ވަރަކަށް މަރުވާ މީހުން އިތުރުވުން އެކަށީގެން ވެއެެވެ.

"ހަލާކުވެފައިވާ އުޅަނދުތަކުގެ ތެރޭގައި އިތުރު މީހުން ތިބިކަން އަހަރުމެންނަށް އެނގޭ. އެކަމަކު ކިހާވަރެއް ކަމެއް ނޭނގޭ." ސައު ޕާއުލޯ ސެްޓޭޓުގެ ފުލުހުން ނެރުނު ބަޔާނެއްގައި ވެއެވެ.

ބްރެޒިލްގެ ޚަބަރުފަތުރާ ވަސީލަތްތަކުން ބުނެފައިވާ ގޮތުގައި ބަހުން ދަތުރުކުރީ 53 މީހުންނެެވެ.  

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.