ވެންޓިލޭޓަރުތަކަށް ވީގޮތް ކޯވިޑްގެ ވެކްސިނަށް ވިޔަ ދީގެން ނުވާނެ: މަޖިލީހުގެ ރައީސް

ވެންޓިލޭޓަރުތަކަށް ވީގޮތް ކޯވިޑްގެ ވެކްސިނަށް ވިޔަ ނުދިނުމަކީ މިހާރުން ފެށިގެން އެކަމަށް ސަމާލުވެގެން ތިބެން ޖެހޭނެކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ރައީސް ވިދާޅުވީ ހެލްތް މިނިސްޓަރ މިއަދު މަޖިލީހަށް ވަޑައިގެންނެވި ނަމަ ވެކްސިނާ ގުޅޭ ގޮތުން ސުވާލު ދެންނެވުމުގެ ފުރުޞަތު މެމްބަރުންނަށް ލިބިވަޑައިގެންނެވީސް ކަމަށެވެ. މިއަދުގެ ޖަލްސާގައި ވަނީ ދެ މެމްބަރަކު ހެލްތް މިނިސްޓަރާ ލިޔުމުން ދެންނެވި ސުވާލަށް ލިޔުމުން ދެއްވި ޖަވާބު މަޖިލީހުގެ ތަޅުމުގައި އިއްވައިފައެވެ.

"އަދިއަދަށް ދާންދެކަށްވެސް ވެންޓިލޭޓަރ ގެނެވިފައި އޮތީކީ ނޫން. އެގޮތަށް ވެކްސިނަށް ދިމާވެއްޖެނަމަ އެއީ ވަރަށް ހައްސާސް  މައްސަލައަކަށް ވެގެންދާނެ."  މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

ކުރިއަށް އޮތް ހަތަރު ފަސް މަސް ދުވަހުގެ ތެރޭގައި، ކޯވިޑުގެ ވެކްސިނެއް ރާއްޖެއާ ހިސާބަށްވެސް ލިބުމުގެ އުންމީދު އެބައޮތް ކަމަށް ދާދިފަހުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްވެސް ވަނީ ވިދާޅުވެފައެވެ. ވެކްސިން ލިބުމާއެކު އުންމީދުކުރާ ބަދަލުތައް ރާއްޖެއަށް އައިސް، ރާއްޖޭގެ އިޤްތިޞާދު ކުރިއަރައިގެންދާނެ ކަމަށް ވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.