ނަތަންޔާހޫ މުޙައްމަދު ބިން ސަލްމާނާ ބައްދަލުކުރި ވާހަކަ ސައޫދީ ސަރުކާރުން ދޮގުކޮށްފި

ސައޫދީ ޚާރިޖީ ވަޒީރު ފައިޞަލް ބިން ފަރްޙާން ވ

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިއްޔެ ސިއްރު ދަތުރެއްގައި ސައޫދީ އަރަބިއްޔާގެ ނިޔޯމްއަށް އެ ގައުމުގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާނާ ބައްދަލުކުރި ވާހަކަ ސައޫދީ އަރަބިއްޔާއިން ދޮގުކޮށްފިއެވެ.

އިސްރާއީލުގެ ޚަބަރު ފަތުރާ ވަސީލަތްތަކުން އިއްޔެ ހާމަކޮށް އަދި ފަހުން ނަތަންޔާހޫގެ ކެބިނެޓުގައި ހިމެނޭ ބައެއް މީހުން ނުރަސްމީކޮށް ކަށަވަރުކޮށްދިން ގޮތުގައި ނަތަންޔާހޫ އާދީއްތަ ދުވަހުގެރޭގެ ވަގުތެއްގައި ސައޫދީ ވަލީއަހުދާ ބައްދަލުކުރިއެވެ.

އެހެންނަމަވެސް، ސައޫދީ ޚާރިޖީ ވަޒީރު ފަރްޙާން ބިން ފައިޞަލް އާލްސުޢޫދު ވަނީ މިކަން ދޮގުކުރައްވާފައެވެ.

"އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ އެންމެ ފަހުން ކުރެއްވި ދަތުރުފުޅުގެ ތެރޭގައި ވަލީއަހުދު މުޙައްމަދު ސަލްމާންއާއެކު އިސްރާއީލުގެ އޮފިޝަލުން ބައްދަލުވުމެއް ބޭއްވިކަމަށް ބުނާ ނޫސް ރިޕޯޓުތަކެއް އަހަރެން ޚަބަރު ފަތުރާ ވަސީލަތްތަކުން ދުށިން. އެފަދަ ބައްދަލުވުމެއް ބާއްވާފައި ނުވޭ. އެބައްދަލުވުމުގައި ތިއްބެވީ ހަމައެކަނީ ސައޫދީ އަދި އެމެރިކާ އޮފިޝަލުން." ފައިޞަލް ބިން ފަރްޙާން ކުރެއްވި ޓުވީޓެއްގައި ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.