ކޯވިޑް19 ގައި ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެ

ކޯވިޑް19 ގައި އިތުރު މީހަކު ރާއްޖެއިން މަރުވެއްޖެ އެވެ. މިއީ ކޯވިޑްގައި ރާއްޖެއިން މަރުވި 46 ވަނަ މީހާއެވެ.

އެޗްޕީއޭ ހާމަކޮށްފައިވާ ގޮތުގައި ކޯވިޑްގައި އެންމެ ފަހުން މަރުވީ، ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ އުމުރުން 77 އަހަރުގެ ދިވެހި ފިރިހެނަކެވެ. އޭނާ މަރުވީ މިއަދު 2:09 ހާއިރުއެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު ކޯވިޑް- 19 ތަޙައްމަލުކުރަމުންދާ ޢަދަދު ހާހަކާ ގާތަށް، ދާއިރު ހޮސްޕިޓަލުގައި ފަރުވާހޯދަމުންދާޢަދަދު 80 އިންމައްޗަށް ވަނީ އަރާފައެވެ. ރާއްޖޭގައި ޖުމްލަ 12،578 މީހުންކޮވިޑްޖެހިފައިވާއިރު 11،559 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.