އިންޑިއާގެ ޓުޓިކޮރިނުން އައްޑުއާއި ހުވަދުއަތޮޅަށް ކާގޯ ދަތުރު ފަށަނީ

ފޮޓޯ: ރައީސް އޮފިސްް

އިންޑިއާގެ ޓުޓިކޮރިނުން އައްޑުއާއި ހުވަދު އަތޮޅަށް ކާގޯ ދަތުރުތައް، ކުރިއަށް އޮތް ދެތިން ހަފުތާގެ ތެރޭގައި ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ހޯރަފުށީ އެއާޕޯު ހުޅުވައި ދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އައްޑުއާއި ހުވަދުއަތޮޅަށް ކާގޯ ދަތުރުތަށް ކުރާނީ ރާއްޖޭގެ ޝިޕިން ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިންނުންކަމަށެވެ. އެކަމުގެ ތައްޔާރީތައް އެކުންފުނިން ވަމުންދާކަމަށް ވެސް ވިދާޅުވިއެވެ.

ހދ. ކުޅުދުއްފުއްޓާއި އިންޑިއާގެ ކޮޗިންއާ ދެމެދު ކާގޯ ދަތުރު ފެށީ މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅުއެވެ. ކުޅުދުއްފުށްޓަށް ކާގޯ ފެރީގެ ޚިދުމަތް ދެމުންދަނީ އިންޑިއާގެ ޝިޕިން ކުންފުންޏަކުންނެވެ.

ތަނެއް ކުރިއަރައި ދިއުމަށް ކުރެވޭނެ އެންމެ މުހިންމު މަސައްކަތަކީ ރައްޔިތުންނަށް ފަސޭހަކަމާއެކު ދަތުރުފަތުރު ކުރުމާއި އަދި މުދާ އުފުލޭނެ ފަސޭހަ އިންތިޒާމްތަކެއް ހަމަޖެހުންކަމަށް  ރައީސް ވިދާޅުވިއެވެ. ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ އެއަމާޒަށް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.