ރަހީންކޮށް އަންހެނަކަށް އަނިޔާކުރި މައްސަލައިގައި ކުޑަކުއްޖަކު ހައްޔަރުކޮށްފި

ގެއްލިގެން ހޯދަމުންދިޔަ އަންހެންމީހާ ރަހީންކޮށް ބްލެކްމެއިލްކޮށް، އޭނާ އަތުން ފައިސާހޯދި މައްސަލައިގައި ޢުމުރުން 18 އަހަރު ނުފުރޭ ކުޑަކުއްޖަކު، ފުލުހުން ހައްޔަރުކޮށްފި އެވެ. ކޯޓް އަމުރެއްގެ ދަށުން މިކުއްޖާ ހައްޔަރުކުރީ އިއްޔެއެވެ.

ފުލުހުން ވަނީ މިމައްސަލައިގެ ތަޙްޤީޤް ފަށައިފައެވެ. މި އަންހެން މީހާ ގެއްލިގެން ހޯދަމުންދަނިކޮށް އޭނާ އަމިއްލައަށް ވަނީ ގެއަށް ގޮސްފައެވެ..

ރަހީންކޮށް ބްލެކްމެއިލްކޮށް އަނިޔާކޮށްފައި ވަނީ ޢުމުރުން 33 އަހަރުގެ އަންހެނެކެވެ. ފުލުހުން ވިދާޅުވެފައިވަނީ ގެއްލިގެން ހޯދަމުންދަނިކޮށް ގެއަށް ދިޔަ އަންހެން މީހާ، ބަޔަކު ވެގެން ރަހީނުކޮށް، އޭނާއާ މެދު އަނިޔާވެރި އަމަލުތަކެއް ހިންގައި، ބްލެކްމައިލްކޮށްގެން ފައިސާ އަތުލާފައިވާ ކަމަށެވެ.

މިމައްސަލައިގައި މިމަހު ތިންވަނަ ދުވަހު ފުލުހުން ހައްޔަރުކުރި، އުމުރުން 31 އަހަރުގެ މީހެއްގެ ބަންދަށް ދެވަނަ ފަހަރަށް ކޯޓުން ވަނީ 15 ދުވަސް ޖަހައިދީފައެވެ. މިމީހާގެ ބަންދުގެ މުއްދަތު އިތުރުކުރީ އިއްޔެއެވެ.

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.