ޗައިނާ ފަދަ ބޮޑު ޤައުމަކާ މަޖިލީހުން ޖައްސައިލައިގެން އުޅޭނަމަ ރާއްޖެއަށް ނޭނގޭ ފަދަ ގެއްލުންތަކެއް ވެދާނެ: މެމްބަރ ޝިޔާމް

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ޗައިނާ ފަދަ ބޮޑު ޤައުމަކާ ރައްޔިތުންގެ މަޖިލިހުން ޖައްސައިލައިގެން އުޅޭނަމަ ރާއްޖެއަށް ނޭނގޭފަދަ ގެއްލުންތަކެއްއ ވެދާނެ ކަމަށް ދ. މީދޫ ދާއިރާގެ މެމްބަރ އަޙަމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ބަޖެޓްބަހުސްގައި ވާހަކަ ދައްކަވަމުން މެމްބަރ ޝިޔާމް ވިދާޅުވީ ވަކި ޤައުމަކީ ނުރަނގަޅު ޤައުމެއްގެ ގޮތުގައި ދެއްކޭގޮތަށް މަޖިލީހުގެ ރައީސާއި މެމްބަރުވާހަކަ ދެއްކުމަކީ އެއްގޮތަކަށްވެސް އެކަށީގެންވާ ކަމެއް ނޫންކަމަށެވެ.

ހިލޭއެހީއާއި ލޯނުގެ ގޮތުގައި ބޮޑު ޢަދަދުތަކެއް ބަޖެޓްގައި ޖަހައިފައިވާއިރު ޤައުމުތަކުން އެހީތެރިކަން ފޯރުކޮށްދޭނީ އެޤައުމުތަކާ އެކު ގުޅުން އޮންނަ މިންވަރަކުން ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ކަމުން ކޮންމެ ޤައުމަކީ ވެސް ހަމަހަމަ ޤައުމެއްގެ ގޮތުގައި ބަލަން ޖެހޭކަމަށެވެ.

" މިޤައުމު ހަލާކުވެގެން ހިނގައިދާނެ އެކަހަލަ ގޮތަކަށް ދަންޏާ، ޚާއްޞަކޮށް ޗައިނާކަހަލަ ބޮޑެތި ޤައުމުތަކާ ޖައްސައިލައިގެން މިމަޖިލީހުން މެމްބަރުން އުޅޭ ކަމަށްވަންޏާ، މިޤައުމަށް ވަރަށްބޮޑެތި ނޭނގޭފަދަ ގެއްލުންތަކެއް ލިބިގެން ހިނގައިދާނެ، މޮޔަކަންތައް އަޅުގަނޑުމެން ކުރާކަމަށް ނުވާނެ އަޅުގަނޑުމެންނަކީ މިއަދު ކުޑަކުދިންނެއްނުން" ޝިޔާމް ވިދާޅުވިއެވެ.

ޗައިނާއަކީ އެމެރިކާއަށްވުރެ ބޮޑު އިޤްތުޞާދެއް، ކަމަށާއި ޗައިނާއާ ގުޅުން ބަދަހި ނުކޮށް ދިވެހިންނަށް ދެނެއް ދިރިއެއް ނޫޅެވޭނެކަމަށް އޭނާ ވިދާޅުވިއެވެ. މިކަން ދިވެހިން ޤަބޫކުކުރަން އެބަޖެހޭކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަމިއްލަ ބާރު އޮތީމާ ހިތައް އަރާހާ އެއްޗެއް ބޮޑެތި ޤައުމުތަކަށް ދޭތެރޭގައި ބުނެލެވޭ ގޮތަށް އޮވެގެން ނުވާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ޗައިނާއާ ގުޅުން ބަދަހި ކުރުމަށް މެމްބަރ ޝިޔާމް ވަނީ ސަރުކާރަށްވެސް ގޮވާލައްވައިފައެވެ. ޗައިނާއަކީ ރާއްޖެއަށް ވަރަށް ގިނަ ކަންތައްތަކެއް ކޮށްދީފައިވާ ޤައުމެއް ކަމަށާއި ލޯންތަށް ވެސް ދޫކޮށްފައިވަނީ ވަރަށް ކުޑައިންޓަރެސްޓް ރޭޓެއްގައި ކަމަށް ވެސް ވިދާޅުވިއެވެ.

މެމްބަރ ޝިޔާމް ވިދާޅުވީ އިންޑިއާއި އެމެރިކާއާއި އަދި އެނޫން ޤައުމުތަކާވެސް ގުޅުން އޮންނަން ޖެހޭނެކަމަށް ވިދާޅުވިއެވެ.

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.