ދެ އަހަރު ދުވަހުގެ ތެރޭ 53 ކިލޯގެ މަސްތުވާ ތަކެތި ކަސްޓަމްއިން އަތުލައިގަތް 

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މިވެރިކަމުގެ ދެއަހަރު ދުވަހުގެ ތެރޭގައި ރާއްޖެ އެތެރެކުރަން އުޅުނު 53،07 ކިލޯގެ މަސްތުވާތަކެތީ ކަސްޓަމްސް ވަނީ އަތުލައިގެންފައެވެ.

ކަސްޓަމްސް އިން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގެ ހުވާ ކުރެއްވި ދުވަސް ކަމުގައިވާ 2018 ވަނަ އަހަރުގެ ނޮވެމްބަރ 17އިން ފެށިގެން އެއަހަރުގެ ނިޔަލަށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ނުވަ ފަހަރުމަތިން 9.08 ކިލޯގެ މަސްތުވާތަކެތި ވަނީ އަތުލައިގެންފައެވެ. މިދިޔަ އަހަރު 55 ފަހަރު މަތިން ރާއްޖެއަށް އެތެރެކުރަން އުޅުނު 37.49ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސް އިން ވަނީ އަތުލައިގެންފައެވެ. އަދި މި އަހަރުގެ ޖެނުއަރީން ފެށިގެން މިމަހު އަށްވަނަ ދުވަހާ ހަމައަށް 20 ފަހަރެއްގެ މަތިން ރާއްޖެއަށް އެތެރެ ކުރަން އުޅުނު 6.49 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސް އިން ވަނީ އަތުލައިގެންފައި ވެއެވެ.

ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވީ މިސަރުކާރުއައިފަހުން އެއްޓަނަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެ ނައްތާލައިފައިވާކަމަށެވެ. 2013 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާ ހިސާބަށް ހޯދައި ނައްތާ ލެވިފައި އޮތީ 32 ކިލޯގެ މަސްތުވާތަކެތި ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

 

 

 

 

 

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.