އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި މިނީ ބަހުގެ ޚިދުމަތް ފެށޭނެ: ޓްރާންސްޕޯޓް މިނިސްޓަރު

ޓްރާންސްޕޯޓު މިނިސްޓަރު މަޖިލީހަށް ޖަވާބުދާރީވެވަޑައިގަންނަވަނީ. ފޮޓޯ: ރައްޔިތުންގެ މަޖިލިސް

 

އަންނަ އަހަރުގެ ފުރަތަ ކުއާޓަރގައި މީނީ ބަހުގެ ޚިދުމަތް ފެށޭނެކަމަށް ޓްރާންސްޕޯރޓް މިނިސްޓަރ އާޢިޝަތު ނަޙުލާ ވިދާޅުވެއްޖެއެވެ.

ދިވެހި ރާއްޖޭގެ އަޑުން ފޮނުވި "އަހާށޭ ބުނާނަން " ޕްރޮގްރާމްގައި އާއްމު ރައްޔިތެއްގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ނަހުލާ ވިދާޅުވީ މާލޭގައި މިނީބަހުގެ ޚިދުމަތް ފެށުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ 100 ދުވަހުގެ ވަޢުދުގެ ތެރެއިން ނުފުއްދި އޮތް ވަޢުދެއް ކަމަށެވެ. އެ ވަޢުދު ނުފުއްދި ވަނީ އެކަމަށް ބަޖެޓް ނުލިބިގެންކަމަށް މިނިސްޓަރ ނަހްލާ ވިދާޅުވިއެވެ. ބަޖެޓް ހަމަ ނުޖެހުމުން ޔޫއެންޑީޕީ ފަދަ އެކިއެކި އެހީދޭ ޖަމާޢަތްތަކުން އެހީ ހޯދައިގެންވެސް އެކަން ފެށުމަށް މަސައްކަތް ކުރެއްވިކަމަށް މިނިސްޓަރ ނަހްލާ ވިދާޅުވިއެވެ. ނަމަވެސް އެހީ ހަމަނުޖެހުމުން މިނީ ބަހުގެ ޚިދުމަތް މިއަހަރުވެސް ނުފެށި އޮތީކަމަށް ވިދާޅުވިއެވެ. ނަމަވެސް އަންނަ އަހަރުގެ ބަޖެޓްގައި އެކަމަށް ފައިސާ ކަނޑައެޅިފައި ވުމުން އަންނަ އަހަރުގެ ފުރަތަ ކްއާޓަރގައި މާލޭގައި މީނީ ބަހުގެ ޚިދުމަތް ފެށިގެންދާނެކަމަށް ވިދާޅުވިއެވެ.

މިއަހަރު ކުރީ ކޮޅު ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީގައި ޓްރާންސް ޕޯރޓް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އެމަސައްކަތް އެމްޓީސީސީއާ ހަވާލުކުރެވި، ސްޓަޑީ ކުރެވި، ގަންނާނެ ބަސްތައްވެސް ވަނީ ކަނޑައެޅިފައި ކަމަށެވެ. މާލޭގައި މިނީބަހުގެ ހިދުމަތް ދިނުމަށް އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އަހަރު ފެބްރުއަރީ މަސްތެރޭގައެވެ. ޓްރާންސް ޕޯރޓް މިނިސްޓްރީން ކުރިން ހާމަކޮށްފައިވާ ގޮތުން ނަމަ، މިނީ ބަހުގެ ޚިދުމަތް މާލޭގައި ފެށުމަށް ގެންނާނީ 16 މީހުންނާއި 20 މީހުންގެ ޖާގައިގެ ތިމާވެއްޓާ ރައްޓެހި ބަސްތަކެކެވެ.

 

 

 

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.