ޓެކްސް އެޕީލް ޓްރައިބިއުނަލަށް ފަސްމެމްބަރުން އައްޔަންކުރުމަށް 9 ނަންފުޅެއް މަޖިލީހަށް ފޮނުވައިފި

 ޓެކްސް އެޕީލް ޓްރައިބިއުނަލަށް ފަސްމެމްބަރުންގެ އައްޔަންކުރުމަށް 9 ބޭފުޅެއްގެ ނަންފުޅު ރައީސުލް ޖުމްހުރިއްޔާ އިބަރާހީމް މުޙައްމަދު ޞާލިޙް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ. މިއަދުގެ ޖަލްސާގައި ވަނީ މިނަންފުޅުތައް އިއްވުމަށްފަހު ދިރާސާކުރެއްވުމަށް ޖުޑިޝަރީ ކޮމެޓީއަށް ފޮނުއްވައިފައެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލަށް ފަސްމެމްބަރުން އައްޔަންކުރުމަށް 9 ނަންފުޅެއް މަޖިލީހަށް ފޮނުއްވައިފައި ވަނީ މިހާރު ތިއްބެވި މެމްބަރުންގެ މުއްދަތު މިމަހު 28 ގައި ހަމަވާތީއެވެ. މިއަދު މަޖިލީހަށް ނަންފުޅު ފޮނުއްވި ބޭފުޅުންނަކީ ޓެކްސް ނެގުމުގެ އިދާރީ ޤާނޫނުގެ ދަށުން އެކަމަށް އާއްމުކޮށް އިއުލާން ކުރުމުން ކުރިމަތި ލެއްވި ބޭފުޅުން ކަމަށް ރައީސުލްޖުމްހޫރިޔާގެ ސިޓީ ފުޅުގައި ވަނީ ވިދާޅުވެފައެވެ. މި ނުވަ ބޭފުޅުންގެ ތެރެއިން ޓެކްސް އެޕީލް ޓްރައިބިއުނަލަށް އައްޔަން ކުރާނެ ފަސް ބޭފުޅެއްގެ ނަން މަޖިލީހުން ކަނޑައަޅައި ދެއްވުމަށްފަހު އަންގަވައި ދެއްވުމަށް ރައީސް ޞާލިޙް ވަނީ އެދި ވަޑައިގެންފައެވެ.

ރައީސް ޞާލިޙް ފޮނުއްވި ނަންފުޅުތަކަކީ:

1-      ގ. މާވާރުލް ، ހަސަން ޒުހައިރު މުޙައްމަދު

2- ލ. މާވަށް، ނަލަމަލަ، ނަސްރުﷲ ޖަމީލް

3- އއ. މަތިވެރި، ވެސްޓް ބީޗް، މުޙައްމަދު މުނައްވަރު ޢަލީ

4- ގ. ގޮފި ، ފާތުމަތު މިންހަތު އިއްޒަތު

5- ގދ. ހޯޑެއްދޫ، ވައިލެޓްފެހި، އައިމިނަތު ފަރީޝާ

6- މއ. ވިލާރޮދި، އިސްމާޢީލް ސާޖިދް

7- މ. ފާމްދޭރިގެ، ހުޞައިން ޒައިދާން ޖަލީލް

8- ތ. އޮމަދޫ، އިރުވައިކޮޅުގެ، އަޙްމަދު ޞަލާހު

9- ދަފްތަރު ނަމްބަރ ރސ. 7883 ، އަޙްމަދު އަޝްރަފު އެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.