ހުރައިން ފަތުރުވެރިއަކު ޕޮޒިޓިވްވެއްޖެ

ޕަރލްސޭންޑް ގެސްޓްހައުސް - ކ. ހުރާ

ކ.ހުރައިން ފަތުރުވެރިއަކު ޕޮޒިޓިވްވެއްޖެއެވެ. ހުރައިން ޕޮޒިޓިވް ވެފައި ވަނީ ޕާރލްސޭންޑް ގެސްޓްހައުސްގައި ހުރި ރަޝިޔާގެ ފަތުރުވެރިއެކެވެ. 

ހުރާ އީއޯސީ ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ މި ފެތުރިވެރިޔާ ޕާރލްސޭންޑްގެ އައިސޮލޭޝަން ފެސިލިޓީގައި އައިސޮލޭޓް ކުރެވިފައިވާކަމަށެވެ. މި އައިސޮލޭޝަން ފެސިލިޓީއަކީ ޕާރލްސޭންޑްގައި ތިބި ފަތުރުވެރިންނާ އެކަހެރިކޮށް ހުރެވޭނެ ގޮތަށް  ތައްޔާރުކޮށްފައިވާ ފެސިލިޓީއެއް ކަމަށް ހުރާގެ އީއޯސީގެ ބަޔާނުގައި ވެއެވެ. އެނގިފައިވާ ގޮތުގައި ރަޝިޔާ ފަތުރުވެރިޔާ ކޯވިޑަށް ޕޮޒިޓިވްވެފައި ވަނީ ފުރަންވެގެން ހެދި ޕީސީއާރު ޓެސްޓުންނެވެ. އެ ފަތުރިވެރިޔާއަކީ ގެސްޓް ހައުސްތައް ހުޅާވާލުމާއެކު އެންމެ ފުރަތަމަ ހުރަޔަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރޭގައި ހިމެނޭ ފަތުރުވެރިއެކެވެ.

ޕޮޒިޓިވް ވި ފަތުރުވެރިޔާ އާއި  ޑައިރެކްޓް ކޮންޓެކްޓްވި ފަރާތްތައްވެސް ވަނީ  ކަރަންޓީން ފެސިލިޓީއެއްގައި އައިސޮލޭޓް ކޮށްފައި ކަމަށް ހުރާ އީއޯސީގެ ބަޔާނުގައި ވެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ކޯވިޑަށް ޕޮޒިޓިވްވި ފަތުވެރިޔާގެ ކޮންޓެކްޓުންގެ ތެރޭގައި ހިމެނެނީ ދެ ދިވެހިންނާއި ފަތުރުވެރިޔާގެ އަންހެނުންނާއި ދެކުދިންނެވެ.  ކޮންޓެކްޓްވި މީހުން ވަނީ ބައްޔަށް ނެގެޓިވް ވެފައެވެ. ކޯވިޑަށް ޕޮސިޓިވްވި ފަތުވެރިޔާ އާ ކޮންޓެކްޓް ވި ދެ ދިވެހިންނަކީ ފަތުރުވެރިޔާ ގޮވައިގެން މަހަށް ދިޔަ ދެ ދިވެހިންނެވެ. 

ފަތުރުވެރިޔަކު ޕޮޒިޓިވްވުމުން ހުރައިން ރެންޑަމް ސާމްޕަލްތަކެއް ނެގުމަށް ނިންމައިފައިވާކަމަށް ވެސް ހުރާ އީއޯސީގެ ބަޔާނުގައިވެއެވެ. މި ރެންޑަމް ސާމްޕަލްތައް ނެގުމުގެ މަސައްކަތް ކުރިއަށް ދާނީ  ހުރާ ޞިއްޙީ މަރުކަޒާއި އެރަށުގެ އީއޯސީ ގުޅިގެންނެވެ. ރެންޑަމް ސާމްޕަލްތައް ނެގުމަށް ހަމަޖައްސައިފައި ވަނީ އެރަށު ގެސްޓްހައުސްތަކާއި ރެސްޓޯރެންޓްތަކާއި ފިހާރަތަކާއި އަދި އާއްމު ޚިދުމަތްދޭ ތަންތަނުންނެވެ. މާދަމާގެ ވަގުތެއްގައު ރެންޑަމް ސާމްޕަލްތައް ނެގުމަށް ވަނީ ހަމަޖައްސައިފައެވެ. 

މާސްކް އެޅުމާއި އެނޫންވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އިތުރަށް ސަމާލުކަން ދިނުމަށް ހުރާގެ  އީއޯސީން އެރަށުގެ ރައްޔިތުންނަށް ވަނީ އިލްތިމާސްކޮށްފައެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.