ރެންޑަމް ސާމްޕަލްތަކުން މީހަކު ކޯވިޑަށް ޕޮޒިޓިވްވުމުން އުނގޫފާރު މޮނިޓަރިން ޙާލަތަށް

ކުޅުދުއްފުށިން ދެވަނަބުރަށް ނެގި 100 ރެންޑަމް ސާމްޕަލްވެސް ނެގެޓިވް

ރެންޑަމް ސާމްޕަލްތަކުން މީހަކު ކޯވިޑަށް ޕޮޒިޓިވުމުން އުނގޫފާރު މޮނިޓަރިން ޙާލަތަށް ގެނެސް ފިއެވެ. 

ހެލްތްއިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޓޯލް ޕްރިޕެއަރޑްނެސް ގެ ފަރާތުން ވާހަކަދައްކަވަމުން ޢަބްދުލްމައުރޫފް ވިދާޅުވީ، ރ.އުނގޫފާރުން މީހަކު ކޯވިޑަށް ޕޮޒިޓިވްވެފައި ވަނީ އެ ރަށުން ނެގި ރެންޑަމް ސާމްޕަލްއަކުން ކަމަށެވެ. އެރަށުން މިއަދު ވަނީ 60 ރެންޑަމް ސާމްޕަލް ނަގައިފައެއެވެ. ރެންޑަމް ސާމްޕަލްތައް ނަގައިފައި ވަނީ، ހޮސްޕިޓަލްގެ ފްރަންޓްލައިންގައި މަސައްކަތްކުރާ މީހުންގެ 20 ސާމްޕަލާއި ކެފޭ ރެސްޓޯރެންޓްތަކާއި ފިހާރަތަކުގައި މަސައްކަތް ކިރާ މީހުންގެ 15 ސާމްޕަލާއި ބަލީގެ އަލާމާތްތައް ހުރި 20 މީހުންގެ އިތުރުން ބިދޭސީންގެ ތެރެއިން ފަސް މީހެއްގެ ސާމްޕަލެވެ.

އެރަށުން އިތުރު ޕޮޒިޓިވް ކޭހެއް ފެނުމުން އެރުގައި މިހާރުވަނީ މާސްކް އެޅުން މަޖްބޫރުކޮށްފައެވެ. ކުރިން އެރަށުން ޕޮޒިޓިވް ވެފައިވަނީ ފުރަބަންދުގައި ހުރި މީހެކެވެ. މޮނިޓަރިންގ ގައި އޮތުމުން އުނގޫފާރަށް  އާއްމުކޮށް މީހުން އަރައިފޭބުމާއި ސްކޫލުތަކާއި ހޮޓާފަދަ ތަންތަންވެސް ވަނީ ބަންދުކޮށްފައެވެ. ނަމަވެސް ޑެލިވަރީގެ ޚިދުމަތާއި ޓޭކްއަވޭ ޚިދުމަތް ދެވޭނެއެވެ. ރަށަށް އަރައިފޭބުން މަނާކޮށްފައި ވީނަމަވެސް އެހެން ރަށްރަށުން އެރަށަށް ޞިއްޙީ ހިދުމަތް ހޯދަން ދާންޖެހޭ މީހުންނަށް އެރަށަށް އެރޭނެކަމަށް އެޗްއީ އޯސީން ވިދާޅުވިއެވެ. ނަމަވެސް އެމީހުންނަށް ހުއްދަ ދެވޭނީ އޮންނަ އުޞޫލުން އެކަމަށް އެދުމުން ކަމަށް ވިދާޅުވިއެވެ. އުނގޫފާރުގައި މީހަރު ވަނީ ޚާއްސަ ހޮޓްލައިނެއްވެސް ޤާއިމްކޮށްފައެވެ.

ކުޅުދުއްފުށިން ވެސް ދެވަނަ ބުރަކަށް ނެގި 100 ރެންޑަމް ސާމްޕަލް ވެސް ވަނީ ނެގެޓިވް ވެފައިމކަމަށް މަޢުރޫފު ވިދާޅުވިއެވެ. ފުރަތަ ނެތި 120 ރެންޑަމް ސާމްޕަލްވެސް ވަނީ ނެގެޓިވް ވެފައެވެ. ދެވަނަ ބުރުގެ ރެންޑަމް ސާމްޕަލްގެތެރޭގައި ހިމެނެނީ 15 ގެއަކަށް ޒިޔާރަތްކޮށް ނެގި 15 ސާމްޕަލާއި ކެފޭ ރެސްޓޯރެންޓްތަކާއި ފިހާރަތަކުގައި މަސައްކަތްކުރާ މީހުންގެ 25 ސާމްޕަލާއި ބޭންކާއި އެއަރޕޯރޓް ފަދަ ތަންތަނުން ނެގި ނުވަ ސާމްޕަލާއި ޓެކްސީ ޑްރައިވަރުންގެ ތެރެއިން ނެގި 11 ސާމްޕަލެކެވެ.

މިއަދު މުޅި ރާއްޖެއިން ކޮވިޑަށް ޕޮޒޮޓިވް ޢަދަދަކީ 27 އެވެ. އެއީ މާލެއިން ވިހި އަދި އަތޮޅުތަކުން ހަތެކެވެ. މިއަދު ޕޮޒިޓިވް ޢަދަދުގައި ހިމެނެނީ 17 ދިވެހިންނާއި 10 ބިދޭސީންނެވެ.  

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.