އިސްރާއީލާއެކު ގުޅުން ގާއިމުކުރަން އެއްބަސްވުމާއެކު ޓެރަރިޒަމަށް ވާގިވެރިވާ ގައުމުތަކުގެ ލިސްޓުން ސޫދާން އުނިކޮށްފި

ސޫދާނުގެ ސުވެރިން ކައުންސިލްގެ ރައީސު ޖެނެރަލް ޢަބްދުލް ފައްތާޙު ބުރްހާން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް (ޚާރިޖީ ވަޒީރު) މައިކް ޕޮމްޕެއޯއާކު

މިއަހަރުގެ ތެރޭގައި އިސްރާއީލާއެކު ގުޅުން ގާއިމުކުރާ ތިންވަނަ ގައުމަަކަށް ސޫދާން ވެއްޖެއެވެ. އިސްރާއީލާއި ސޫދާނާއި އެމެރިކާއިން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ވާގޮތުން ސޫދާނާއި އިސްރާއީލުންވަނީ ދެގައުުމުގެ ދެމެދުގައި ގުޅުން ގާއިމުކުރުމަށް އެއްބަސްވެފައެވެ.

އެ ބަޔާނުގައި ވާގޮތުން އެެމެރިކާގެ ރައީސު ޑޮނާލްޑް ޓްރަމްޕްއާއި ސޫދާނުގެ ސްވެރިން ކައުންސިލްގެ ރައީސު ޢަބްދުލް ފައްތާޙު ބުރްހާންއާއި ސޫދާނުގެ ބޮޑުވަޒީރު ޢަބްދުﷲ ޙަމްދޫކްއާއި އިސްރާއީލުގެ ބޮޑުވަޒީރު ވަނީ މިއަދު މަގުތެއްގައި "ޑިމޮކްެރެސީއަށް ސޫދާން ކުރާ ތާރީޚީ ދަތުރާއި، ސަރަހައްދުގައި (މެދުއިރުމަތީގައ) ސުލްހައިގެ މަސައްކަތް ކުރިއަށް ގެންދިއުމާމެދު" މަޝްވަރާކުރައްްވާފައެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުން އެމެރިކާއާއި، ސޫދާނާއި، އިސްރާއީލުެގެ ވެރިން ވަނީ ސޫދާނާއި އިސްރާއީލާ ދެމެދު އިގްތިސާދީ އަދި ވިޔަފާރީގެ ގުޅުން ގާއިމުކުރަން އެއްބަސްވެފައެވެ.

އިސްރާއީލާއެކު ގުޅުން ގާއިމުކުރަން މިއަދު ސޫދާނުން އެއްބަސްވުމާއެކު ރައީސު ޓްރަމްޕް ވަނީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމުތަކުގެ ލިސްޓުން ރަސްމީކޮށް ސޫދާން ވަކިކުރައްވާފައެވެ.

ފާއިތުވި އަހަރުގެ އޮގަސްޓު މަހު ސޫދާނުގެ އިންތިގާލީ ބޮޑުވަޒީރުކަމާ ޑރ. ޢަބްދުﷲ ޙަމްދޫކް ހަވާލުވެޑައިގަތް ފަހުން އޭނާ އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން ކުރެއްވި އެއް މަސައްކަތަކީ އެމެރިކާއިން އެކުލަވާލާފައި އޮންނަ ޓެރަރިޒަމަށް އެހީވާ ގަމުތަކުގެ ލިސްޓު، ނުވަ ސްޓޭޓް ސްޕޮންސާޒް އޮފް ޓެރަރިޒަމް (އެސްއެސްޓީ) ލިސްޓުން ސޫދާނު އުނިކުރުމުގެ މަސައްކަތެވެ.

ގިނަ ދުވަަސްތަކަކަށް ދެމިގެން ދިޔަ މަޝްވަރާތަކަށް ފަހު ފާއިތުވި ހަފުތާގައި ރައީސު ޓްރަމްޕް އިޝާާރާތް ކުރެއްވި ގޮތުގައި ސޫދާނުގެ އެހީތެރިކަން ލިބިގެން އެމެރިކާގެ ދެ އެމްބަސީއަކަށް ދިން ހަމަލާގައި މަރުވި މީހުންގެ އާއިލާތަށް ސޫދާން ސަރުކާރުން ބަދަލުދިނުމާއެކު އެސްއެސްޓީ ލިސްޓުން އޭނާ ސޫދާން އުނިކުރައްވާނެއެެވެ.

ފާއިތުވި ހަފުތާގައި ސޫދާނުން  އެ އާއިލާތައް ބަދަލުގެ ގޮތުގައި އެމެރިކާއިން ހޯދަން އެދޭ 335 މިލިއަން އެމެރިކާ ޑޮލަރު ދިން ނަަމަވެސް، އެސްއެސްޓީ ލިސްުޓުން ރަސްމީކޮށް ސޫދާން އުނިކުރީ މިއަދުއެވެ.

ސޫދާން ލިސްޓުން ވަކިކުރުން ބޮޑަށް ގުޅިފައި އޮތީ އާއިލާތަކަށް ބަދަލުގެ ގޮތުގައި ދިން ފައިސާއަށް ވުރެ ބޮޑަށް އިސްރާއީލާ ސޫދާނު ގާތްވާ މިންވަރާއެވެ. މިހާރު ބެލެވޭ ގޮތުގައި ބޭރުފުށުން ބަދަލުގެ ފައިސާގެ ވާހަކަ އެމެރިކާއިން ދެއްކި ނަމަވެސް، އެމެރިކާ ސޫދާނަށް ފިއްތުން ކުރިމަތިކުރަމުން ދިޔައީ އެސްއެސްޓީ ލިސްޓުން ސޫދާން އުނިކުރަން ބޭނުންނަމަ އިސްރާއީލާ ގުޅުން ގާއިމު ކުރުމަށެވެ.  

ބުނެވޭ ގޮތުގައި އިސްރާއީލާ ގުޅުން ގާއިމުކުުރުމަށް ސޫދާނަށް އެންމެ ބޮޑަށް ފިިއްތުން ކުރިމަތިކުރަމުން ދިޔަ ގައުމުތަކުގެ ތެރޭގައި ސައޫދީ އަރަބިއްޔާއާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ހިމެެނެއެވެ. އަދި ބައެއް ޚަބަރުތައް ބުނާގޮތުން ސޫދާނުން އެމެރިކާއަށް ބަދަލުގެ ގޮތުގައި ދޭން އެއްބަސްވި ފައިސާ ދައްކައިދިނީ ސައޫދީ އަރަބިއްޔާއިންނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.