ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އަނެއްކާވެސް އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފުން ބުނީ އަލިފާނުގެ ހާދިސާގެ މައުލޫމާތު ސިފައިންނަށް ލިބުނީ ރޭ ފަތިހު ހަތަރެއް ޖަހަން އުޅެނިކޮށް ކަމަށާއި އެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފްގެ އެފްއާރުއެސްގެ ސިފައިން ހަރަކާތްތެރިވާން ފެށި ކަމަށެވެ. މި ހާދިސާގައި ރޯވެފައި ވަނީ މަޖިލީގުގެ އިދާރާގެ ފުރަތަމަ ފަންގިފިލާގެ ވުޟޫކުރަން ބޭނުންކުރާ ތަނުގައި ހުރި ޑަސްބިނަކާއި ޓިޝޫ ފޮޓެއްގައި ކަމަށްވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާއިރު މޯލްޑިވްސް ޕޮލިސް ސަރވިސްއިން އަންނަނީ މި ހާދިސާ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
މީގެކުރިންވެސް މަޖިލީހުގެ އިދާރާގެ ފާޚާނާއެއްގައި ހުރި ޑަސްބިނުގައި ހުރި ޓިޝޫ ތަކެއްގައި ވަނީ އަލިފާން ރޯވެފައެވެ.