ޕާކިސްތާނުގެ މަޝްހޫރު ދީނީ އިލްމުވެރިއަކު އަވަހާރަކޮށްލައިފި

މައުލާނާ ޑރ. އާދިލް ޚާން

ޕާކިސްތާނުގެ މަޝްހޫރު ދީނީ އިލްވެރިޔާ، ކަރާޗީގައި ހުންނަ ޖާމިއާ ފާރޫޤިއްޔާގެ ވެރިޔާ މައުލާނާ ޑރ. ޢާދިލް ޚާން ހަށިކޮޅަށް ބަޑިޖަހައި އަވަހާރަކޮށްލައިފިއެވެ. އޭނާއަކީ ޖާމިއާ ފާރޫޤިއްޔާގެ ބާނީ މައުލާނާ ސަމީޢުﷲ ޚާން ގެ ދަރިކަލުންނެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި ރޭގެ ވަގުތެއްގައި ޑރ. އާދިލްގެ ކާރުކޮޅު ޝާހް ފައިސަލް ކޮލޮނީގެ ފޮނިކާތަކެތި ވިއްކާ ފިހާރައެއް ކައިރިއަށް މަޑުކުރި ވަގުތު ދުއްވާފައި ދިޔަ މޮޓޯސައިކަލެއްގެ ފަހަތުގައި ތިބި ދެމީހަކު ވަނީ ކާރުކޮޅަށް އަމާޒުކޮށް ބަޑިޖަހާފައެވެ. މި ހަމަލާގައި އޭނާގެ ޑްރައިވަރު މަޤްޞޫދު އަޙްމަދު ވެސް ވަނީ މަރުވެފައެވެ.

ކަރާޗީގެ ނޭޝަނަލް ލިޔާޤަތު ހޮސްޕިޓަލުން މައުލޫމާތު ދިންގޮތުގައި ޑރ، ޢާދިލްގެ ހަށިކޮޅަށް ދެ ވަޒަން އަރާފައި ހުއްޓެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ވަނީ އަހަވާހަވެފައެވެ.

ކާރުކޮޅުގައި ޑރ. އާދިލްއާއެކު ދަތުރުކުރި ތިންވަނަ މީހާ ވަނީ ފޮނިކާތަކެތި (މިޓާއީ) ގަންނަން ފިހާރައަށެވެ. އެހެންކަމުން އޭނާ ވަނީ މިހަމަލާގައި ސަލާމަތްވެފައެވެ. އޭނާ ބުނި ގޮތުގައި ހަމަލާދިން މަގަކީ ޑރ. އާދިލް އާއްމުކޮށް ދަތުރުކުރައްވާ މަގެވެ.

ސުންނީންގެ ދެއޯބަންދީ ފިރްޤާއަށް ނިސްބަތްވާ ޖާމިއާ ފާރޫޤިއްޔާ ހުންނަނީ ޝާހް ފައިސް ކޮލޮނީގައެވެ.

ކައުންޓަރ ޓެރަރިޒަމް ޑިޕާޓްމަންޓް (ސީޓީޑީ) ގެ އިންޗާޖު ރާޖާ އުމަރު ޚިޠާބު ވިދާޅުވި ގޮތުގައި މިހަމަލާއަކީ ދީނީ ތަފާތު ޖަމާއަތްތަކުގެ މެދުގައި ބައިބައިވުން އުފެއްދުމަށް ހިންގާފައިވާ އަމަލެކެވެ.

ކަރާޗީގެ ޕޮލިސް ޗީފް ޣުލާމު ނަބީ މެމަން މައުލޫމާތު ދިން ގޮތުގައި މޮޓޯސައިކަލުގައި ތިން މީހުން ތިއްބެވެ. އެތަނުން އެކަކު ސައިކަލުން ފައިބާފައި ބަޑިޖެހީއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.