ޗައިނާގެ ފަތުރުވެރިންނަށް މަރުހަބާ ކިޔުމަށް ރާއްޖެއިން ތައްޔާރުވާންއެބަޖެހޭ: މެމްބަރ ޝަރީފް

 ޗައިނާގެ އިގްތީސާދު ދަނީ ކުރިއަރަމުންކަމަށާއި ޗައިނާގެ ފަތުރުވެރިންނަށް މަރުޙަބާ ކިޔުމަށް ރާއްޖެއިން ތައްޔާރުވާން އެބަޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެމްބަރ އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ. 

ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮވިޑާ ގުޅިގެން ގިނަ ގައުމުތަކުގެ އިގްތިސާދު އަދިވެސް އަނބުރާ އިއާދަވެފައި ނުވާއިރު ޗައިނާގެ އިގްތީސާދު ކުރިއަރަމުން އަންނަ ކަމަށެވެ. ގައުމުން ބޭރަށް ދަތުރުކުރުމުގެ ހުއްދަ އެގައުމުގެ ރައްޔިތުންނަށް ޗައިނާގެ ސަރުކާރުން ދޭންވާއިރަށް އެގައުމުގެ ފަތުރުވެރިންނަށް މަރުހަބާ ކިޔުމަށް ރާއްޖެއިން ތައްޔާރުވާން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ. 

ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން، އަންނަމުން ދިޔަ އެއްގައުމުކަން މެމްބަރ ޝަރީފް ފާހަގަކުރެއްވިއެވެ. ފަތުރުވެރިކަމަކީ ރާއްޖޭގެ އިގްތުސާދުގެ މައި އިންޖީނުކަން ފާހަގަ ކުރައްވައި މެމްބަރ ޝަރީފް ވިދާޅުވީ، ފަތުރުވެރިކަމުން ލިބޭ އާމްދަނީ ރަނގަޅުވެ އިގްތިސާދު އަނބުރާ އިއާދަކުރުމަށް ޗައިނާގެ ފަތުވެރިން އެހީތެރިވެދޭނެކަމަށެވެ.  

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.