ކުރީގެ ފޮރިން މިނިސްޓަރު ނަސީމުގެ ވައްބަހުގެ ހަމަލާއެއް މުންދުއަށް!

އެމްޑީޕީގެ ސަރުކާރުގެ ފޮރިން މިނިސްޓަރުކަން ކުރެއްވި މަސްއޮޑި އަޙްމަދު ނަސީމްގެ ބަހުގެ ހަމަލާއެއް ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައިވާ ސަފީރު މުޙަންމަދު ޙުސައިން ޝަރީފް (މުންދު) އަށް ފޮނުވާލައިފިއެވެ.

އެމްޑީޕީގެ ސަރުކާރުގެ ފޮރިން މިނިސްޓަރުކަން ކުރެއްވި ނަސީމަށް އަމާޒު ކުރައްވައި މުންދުވެސް ބަހުގެ ބަޔެއް ހަމަލާތައް ފޮނުއްވާފައިވާއިރު މުންދުގެ އެންމެގިނަ ހަމަލާ އަމާޒު ކުރައްވާފައި ވަނީ ކުރީގެ ރައީސް މުޙަންމަދު ނަޝީދަށެވެ. އެގޮތުން ނަޝީދު ކޮންމެ ތަނަކު ހުންނެވިޔަސް ސަރުކާރުން އަންގަވައިފިނަމަ ނަޝީދު ހައްޔަރުކޮށް ރާއްޖެ ގެންނަވާނެ ކަމަށް މުންދު ވިދާޅުވުމުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން މުންދުއަށް ވަރަށް ބޮޑަށް އަމާޒު ވިއެވެ.

ނުސީދާކޮށް މުންދުއަށް އަމާޒުކޮށް މަސްއޮޑި ނަސީމު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ  ޤާނޫނުގައި ވާގޮތުން، ލަންކާގައި އާންމުކޮށް ނޫޅޭ ދޫނިސޫފާސޫފިފަދަ ޖަނަވާރުތައް އެތެރެކުރެވެނީ ވަރަށް ބޮޑު ދިރާސާއަކަށް ފަހު ކަމަށާއި އޭގެތެރޭގައި "ބޮއް" ވެސް ހިމެނޭ ކަމަށެވެ. ބޮކަކީ ލަންކާގައިވެސް އަދި ހުރިހާ ގައުމެއްގައިވެސް އާންމުކޮށް އުޅޭ އެއްޗަކަށް ވާއިރު ނަސީމުގެ ޓްވީޓުގައި "ބޮއް" އެ ގެންނެވީ ސަފީރަށް އަމާޒުކޮށް ކަމަށް ބެލެވެއެވެ. ސަބަބަކީ އިދިކޮޅު ބަޔެއް ފަރާތްތަކުން މުންދުއަށް ނިސްބަތްކޮށް "ބޮއް މުންދޫދު" ކިޔަމުންދާތީއެވެ.

ސަފީރު ކަމާއި ހަވާލުވުމަށް ފަހު މުންދު ފެނިގެން ގޮސްފައި ވަނީ ކުރީގެ ރައީސް ނަޝީދުއަށް އަމާޒުކޮށް ވަރަށްގިނަ ބަހުގެ ހަމަލާ ދެއްވި ބޭފުޅެއްގެ ގޮތުގައެވެ. ނަޝީދު ހައްޔަރު ކުރެއްވުމާއި ބެހޭގޮތުން މުންދު ދެއްކެވި ވާހަކަފުޅަކާއި ގުޅިގެން ނަޝީދުގެ ބައިނަލް އަގްވާމީ ވަކީލުންވެސް ވަނީ މީޑިޔާ ތަކުގައި ވާހަކަ ދައްކަވާފައެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.