ކުވޭތުގެ އަމީރު އަވަހާރަވެއްޖެ

ކުވޭތުގެ އަމީރު އައްޝައިޚް ޞަބާޙު އަލްއަޙްމަދު އަލްޖާބިރު އައްޞަބާޙު އުމުރުފުޅުން 91 އަހަރުފުޅުގައި އަވަހަރާވެއްޖެކަމުގައި އަމީރުގެ ގަނޑުވަރުން ހާމަކުރައްވައިފިއެެވެ. އޭނާ އަވަހާރަވީ އެމެރިކާގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިިކޮށެވެ.

ފާއިތުވި ޖުލައި މަހުގެ ތެރޭގައި ކުރެވުނު އޮޕަރޭޝަނަަކަށް ފަަހު ހަމަ އެމަހު އަމީރު ޞަބާޙު އިތުރު ފަރުވާއަށް އެމެރިކާއަށް ވަޑައިގަތް ފަހުން އޭނާ ގެންދެވީ އެމެރިކާގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދަވަމުންނެވެ. އޭނާ ކުރެއްވީ ކޮންކަހަލަ އޮޕަރޭޝަނެއްކަމާއި، އެމެރިކާގައި ފަރުވާ ހޯއްދަަވަމުން ގެންދެވީ ކޮން ބައްޔަަކަށްކަން އަމީރު ގަނޑުވަރުން ހާމަކޮށްފައި ނުވެއެވެ.

ޝައިޚް ޞަބާޙު ކުވޭތުގެ އަމީރުކަމަށް އިސްވެވަަޑައިގަތީ 2006 ވަނަ އަހަރުގައެވެ. އޭނާ ކުވޭތުގެ ޚާރިޖީ ސިޔާސަތު ބައްޓަންކުރައްވުމުގައި އަމަލީގޮތުން މަސައްކަތްކުރައްވާތާ 50 އަަަހަރުވެއްޖެއެވެ.

14 އަަަަހަރު އަމީރުކަން ކުރެއްވުމަށް ފަހު މިއަދު އަވަހާރަވީ ޝައިޚް ޞަބާޙުއަކީ 1961 ވަނަ އަހަރު ކުވޭތު މިނިވަންވި ފަހުން އެގައުމުގައި އަމީރުކަން ކުރެއްވި 14 ވަނަ ބޭފުޅާއެވެ.

40 އަހަރު ޚާރިޖީ ވަަޒީރުކަން ކުރެއްވުމަށް 2003 ވަަނަ އަހަރު ބޮޑުވަޒީރުކަމާ ހަވާލުވެވަަޑަައިގަތުމަށް ފަހުވެސް ، 2006 ވަނަ އަހަރު އަމީރުކަމަށް އިސްވެވަޑައިގަންނަވަންދެން ޚާރިޖީ ވުޒާރާ ބަލަހައްޓަވަމުން ގެންދެވި ޝައިޚް ޞަބާޙަކީ ދުނިޔޭގެ ގިނަ ގައުމުތަކެއްގެ ގަދަރާއި އިހްތިރާމު ލިބިވަޑަގެން ހުންނެވި ބޭފުޅެކެވެ.

ގަލްފުގެ ތިން ގައުމެެއް ގުޅިގެން ޤަޠަރު ހިސާރުކުރުމާ ގުޅިގެން އުފެދުނު މައްސަލައިގައި ވަކި ކޮޅަކަށް ނުޖެހި ކުވޭތު ވަނީ މެދުވެރިއެއްގެ ބައި އަދާކުރަމުން ގޮސްފައެވެ.

ޝައިޚް ޞަބާޙު އަަވަހާރަވުމަށް ފަހު އަމީރުކަމަށް އިސްވެވަޑައިގަންނަވާނެ ކަމަށް ބެެލެވެނީ އޭނާގެ ކޮއްކޯފުޅު އަދި ވަލީއަހުދު އައްޝައިޚް ނަވާފު އަލްއަޙްމަދު އަލްޖާބިރު އައްޞަބާޙު (83 އަހަރު) އެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.