ކާގޯ-ފެރީގެ ސަބަބުން އިންޑިއާގެ ބިޔަ މާރުކޭޓާއި މަސް އެކްސްޕޯޓުކުރާ ފަރާތްތަކާއެކު ގުޅުން ބަދަހިވާނެ: ހައިކޮމިޝަނަރު

އިންޑިއާ އާއި ކުޅުދުއްފުށްޓާ ދެމެދު މިއަަދު ފެށި ކާގޯ-ފެރީގެ ސަބަބުން އިިންޑިއާގެ ބިޔަ ބޮޑު މާރުކޭޓު އެސްއެމްއީ އާއި ފިޝަރީޒް އެކްސްޕޯޓަރުންނާ ގުޅުން ބަދަހިވާނެ ކަމަށް އިންޑިއާގެ ހައިކޮމިޝަނަރު ހިޒް އެކްސެލެންސީ ސަންޖޭ ސުދީރް ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ކާގޯ-ފެރީ ކުޅުދުށްފުށީގަި ބަނދަރުކުރުމާއި ގުޅިގެން ބޭއްވި ރަސްމިއްޔާތުގަިއ ވާހަކަފުޅު ދައްކަވަމުން ހައިކޮމިޝަނަރު ސުދީރް ވިދާޅުވީ އިންޑިއާ އާއި ކުޅުދުއްފުށްޓާ ދެމެދު ފެށި ކާގޯ-ފެރީ ޚިދުމަތަކީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ ބަދަހި އިގްތިސާދީ ގުޅުމުގެ ނިޝާނެއް ކަމުގައެވެ. ވިޔަފާރީގެ ދާއިރާއަށް ބަލާއިރު އިންޑިއާ އަދި އޮތީ ހަތަރުވަނައިގައި ފާހގަކުރައްވަމުން ހައިކޮިޝާނަރ ވިދާޅުވީ މިހާރު އޮތީ ހަތަރުވަނައިގައި ކަމަށެވެ. ނަމަވެސް ކާގޯ-ފެރީގެ ސަބަބުން އެކަން ބަދަލުވާނެކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

ކުޅުދުށްފުށި ހިމެނޭ ގޮތަށް ސަރަހއްދީ ބަނދަރުތަކުން ނަގާ ޑިއުޓީ ސަރުކާރުން ފަންސާސް އިންސައްތައަށް ތިރިކޮށްފައިވާތީ ހައިކޮމިޝަނަރު އެކަން ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ މިއީ އިމްޕޯޓުުު އިތުރުވާނެ ކަމެއް ކަމަށައި އަދި ލާމަރުކަޒުކުރުމަށް ކުރާ މަސައްކަތަށް ވެސް ލިބޭނޭ ކުރިއެރުމެއް ކަމަށެވެ. އަދި އިންޑިއާއިން ގަބޫލުކުރާ ގޮތުގައި ލާމަރުކަޒުކުރުމަކީ ޑިމޮކްރެސީގެ މުހިއްމު އަސާސެއްކަން ފާހަގަކުރެއްވިއެވެ. އަދި މިހާރު އިންޑިއާއާއި ދިވެހިރާއްޖޭއާއި ގުޅިގެން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދާ ތަރައްގީގެ ޕރޮޖެކްޓްތަކަކީ މި ސަބަބަށްޓަކައި ކުރިއަށް ގެންދާ ޕްރޮޖެކްޓްތަކެއްކަން ފާހަގަކުރެއްވިއެވެ.

އެގޮތުން ރަށްރަށާއި އަތޮޅުތެރޭގައި ކޮމިއުނިޓީ ޑިވެލޮޕްމަންޓުގެ 28 ޕްރިޖެކްޓެއް ކުރިއަށްދާކަން ފާހަގަކުރެއްވިއެވެ. އަދި އުމްރާނީ ތަރައްގީގެ މައި 10ވަރަކަށް ޕްރޮޖެކްޓު ކުރިއަށްދާކަން ފާހަގަކުރެއްވިއެވެ. މި ޕްރޮޖެކްޓްތައް ކުރިއަށް ގެންދިއުމުގައި ގެންގުޅެނީ އިންޑިއާގެ މޮޑެލްއެއްކަން ފާހަގަކުރެއްވިއެވެ. އަދި ޕްރޮޖެކްޓްތައް ހޮވުމުގައި ބޭނުންކުރަނީ ދެފުށް ފެންނަ ސިޔާސަތެއްކަން ވެސް ފާހަގަކުރެއްވިއެވެ.  ދެފުށް ފެންނަ ސިޔާސަތެއްކަން ފާހަގަކުރެއްވިއެވެ.

"ޕްރޮޖެކްޓްތަކުގެ ޓެންޑަަރިން ކުރިއަށް ގެންދަނީ ރާއްޖޭގެ މުއައްސަސާތަކުން، ނުވަތަ މިނިސްޓްރީ އޮފް ފައިނޭންސް އިން. އެހެންކަމުން ދިވެހި ސަރުކާރާއި ރައްޔިތުންގެ ފުރިހަމަ ބައިވެރިވުމާއި އަމިއްލަކަން ކަށަވަރުކުރެވޭނެ." ހައިކޮމިޝަނަރު ވިދާޅުވިއެވެ.

ހަނިމާދޫ އެއާޕޯޓު ޕްރޮޖެކްޓާ ގުޅެގޮތުން ހައިކޮމިޝަނަރު ވިދާޅުވީ ރަންވޭ އާއި ޓާމިނަލް އިތުރަށް ފުޅާކުރުމުގެ މަސައްކަތް ނިމުމުން އިންޑިއާގެ އިތުރުން މެދުއިރުމަތީގެ ގައުމުތަކާ ކުޅުދުއްފުށްޓާ ފަސޭހައި ގުޅާލެވޭނެކަމަށެވެ. އޭގެ ސަބަބުން އުތުރުގައި ފަތުރުވެރިކަމާއި އިގްތިސާދީ ތަރައްގީ ނުހަނު ބާރަށް ކުރިއަރައިގެންދާނެކަމަށް ވިދާޅުވިއެވެ.

ހައިކޮމިޝަނަރު ވިދާޅުވިގޮތުގައި ކާގޯ-ފެރީ ސަރވިސް އަކީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުމުގެ ފުރިހަމަ މިސާލެއް ކަމަށެވެ. އަދި މިއީ ދެގައުމުގެ މެދުގައި ވިޔަފާރީގެ ގުޅުމުގެ އާ ބާބެއްގެ ފެށުން ކަމަށެވެ. މީގެ ސަބަބުން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެ އުތުރާއި އަދި ރާއްޖޭގެ އިގްތިސާދު ކުރިއަރައިގެންދާނެ ކަމަށެވެ.   

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.