ފްލެޓް މައްސަލައިގައި ސަރުކާރު މެމްބަރުންގެ ޝަކުވާ މިނިސްޓަރަށް

ހުޅުމާލޭގައި އަލަށްހަދާ ފްލެޓް ތަކަށް ކުރިމަތިލި މީހުންގެ ތެރެއިން ފްލެޓް ލިބުނު ފަރާތްތަކުގެ ލިސްޓް އާންމު ކޮށްފައިވާއިރު އެކަމުގައި ހުރި ކަންބޮޑުވުންތައް ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލީހުގެ ދެމެމްބަރުން މިއަދު ހައުސިންގ މިނިސްޓަރ ޑރ މުޙަންމަދު މުއިއްޒުއަށް ހުށަހަޅުއްވައިފިއެވެ.

މިމައްސަލައިގައި މިނިސްޓަރާ ބައްދަލު ކުރެއްވީ ސަރުކާރަށް ނިސްބަތްވާ މާލޭގެ ދެދާއިރާގެ މެމްބަރުން ކަމަށްވާ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) އާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އަސްމާ ރަޝީދު (އަސްމައްތަ) އެވެ. ދެމެމްބަރުން މުއިއްޒުއަށް ހުށަހެޅި ޝަކުވާ ތަކުގެ ތެރޭގައި އެ ދެމެމްބަރުންގެ ދާއިރާއިން ފްލެޓަށް ކުރިމަތިލައި ލިސްޓުގައި ނަން ނެތް މައްސަލަ ހިމެނެއެވެ. އެހެންވެ އެކަން ވެގެންދިޔައީ ކިހިނެތްތޯ ދެމެމްބަރުން ވަނީ މިނިސްޓަރަށް ސުވާލު ދަންނަވާފައެވެ.

ހައުސިންގ މިނިސްޓަރ ޑރ މުއިއްޒު މިއަދު ސަރުކާރުގެ ދެމެމްބަރުންނާ ބައްދަލު ކުރެއްވުމުގެ ކުރިން މަޖިލީހުގައި ހިމެނޭ ސަރުކާރާ އިދިކޮޅު ބަޔެއް މެމްބަރުންވެސް ވަނީ މިނިސްޓަރާ ބައްދަލު ކުރެއްވުމަށް މިނިސްޓަރީއަށް ވަޑައިގެންފައެވެ. ނަމަވެސް އެ މެމްބަރުންނާ ވަނީ މިނިސްޓަރާ ބައްދަލު ކުރެއްވޭގޮތް ނުވެފައެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.