ފުލުހުންނާއި ސިފައިންނަށް ފުރަންޓްލައިން އެލަވަންސްގެ ގޮތުގައި 44.5 މިލިއަން ރުފިޔާ ދޫކޮށްފި

ފޮޓޯ: މިނިސްޓްރީ އޮފް ހެލްތު

ފުލުހުންނާއި ސިފައިންނަށް ފުރަންޓްލައިން އެލަވަންސްގެ ގޮތުގައި 44.5 މިލިއަން ރުފިޔާ ދޫކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި ކޯވިޑް-19 އާއި ގުޅިގެން ދެވޭ ފުރަންޓްލައިން އެލަވަންސްގެ ގޮތުގައި އެމް.އެން.ޑީ.އެފާއި ޕޮލިހުގެ 6518 މުވައްޒަފުންނަށް 44.5 މިލިއަން ރުފިޔާ އިއްޔެ ވަނީ ޖަމާކޮށްފައެވެ. މިޢަދަދާއެކު ފުރަންޓްލައިން އެލަވަންސްގެ ގޮތުގައި 78 މިލިއަން ރުފިޔާ މިހާތަނަށް ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވިއެވެ.

ފުރަންޓްލައިން އެލަވަންސްގެ ގޮތުގައި، ސިފައިންގެ 3334 މުވައްޒަފުންނަށް 24 މިލިއަން ރުފިޔާ ޖަމާކޮށް ފައިވާއިރު ފުލުހުންގެ 3184 މުވައްޒަފުންނަށް ފުރަންޓްލައިން އެލަވަންސްގެ ގޮތުގައި ޖަމާކޮށްފައި ވަނީ 20.5 މިލިއަން ރުފިޔާއެވެ. ފުލުހުންނާ ސިފައިންނަށް ފުރަންޓްލައިން އެލަވަންސް ދޫކޮށްފައި ވަނީ އެމައްސަލައިގައި މީޑިއާ ތަކުންނާއި އެތައް ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށެވެ.

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.