ޤަތަރުގައި ބާއްވަން އުޅުނު އިންވެސްޓްމަންޓް ފޯރަމް ޔޫއޭއީއަށް ބަދަލު ކުރަނީ

ޤަތަރުގެ ވެރިރަށް ދޯހާގައި ބާއްވަން ސަރުކާރުން ކުރިން އުޅުނު އިންވެސްޓްމަންޓް ފޯރަމް ޤަތަރުގައި ބޭއްވުމުގެ ބަދަލުގައި ޔޫއޭއީގައި ބާއްވަން ސަރުކާރުން ނިންމައިފިއެވެ.

އިންވެސްޓްމަންޓް ފޯރަމްއަކީ ރާއްޖޭގެ ވިޔަފާރި ވަރުގަދަކޮށް ފުޅާކުރުމުގެ ގޮތުން ބޭރުގެ އިންވެސްޓަރުން ރާއްޖެއަށް ޝައުގުވެރިކޮށް އެ އިންވެސްޓަރުން ރާއްޖެއަށް ގެނައުމުގެ ބޭނުމުގައި ބާއްވާ ފޯރަމެކެވެ. އިންވެސްޓްމަންޓް ފޯރަމް ބޭއްވުމުގެ ހުރިހާ އިންތިޒާމެއް ކުރަމުން އަންނަނީ ރާއްޖޭގެ އިކޮނޮމިކް މިނިސްޓްރީންނެވެ.  ޤަތަރުގައި ބާއްވަން ކުރިން ނިންމި އިންވެސްޓްމަންޓް ފޯރަމް ޤަތަރުގައި ނުބާއްވަން ނިންމާފައި ވަނީ ރާއްޖެ އާއި ޤަތަރާ ދެމެދު ސިޔާސީ ގުޅުން ކަނޑާލާފައި އޮތުމުންނެވެ.

މިއަހަރުގެ އިންވެސްޓްމަންޓް ފޯރަމް ޔޫއޭއީގައި ބާއްވަން ތައްޔާރު ވަމުން އަންނައިރު މީގެކުރިން ސަރުކާރުން ބޭއްވި ތިން އިންވެސްޓްމަންޓް ފޯރަމް ބާއްވާފައި ވަނީ އިންޑިޔާގެ ވެރިރަށް ނިއުދިއްލީ އާއި ޗައިނާގެ ވެރިރަށް ބެއިޖިންގ އަދި ސިންގަޕޫރުގައެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.