ކުރީގެ ރައީސް ޢަބްދުﷲ ޔާމީނަށް ޙުކުމް އިއްވި ފަނޑިޔާރު ޢަލީ ރަޝީދު ސުޕްރީމް ކޯޓް ފަޑިޔާރުކަމަށް އައްޔަންކުރުމަށް މަޖިލީހުން ރުހުން ދީފި

ކުރީގެ ރައީސް ޢަބްދުﷲ ޔާމީނަށް ޙުކުމް އިއްވި ފަނޑިޔާރު ޢަލީ ރަޝީދާއި ހދ. ކުޅުދުއްފުށީ ފިނިފެންޖަންބުގޭ ޑރ. މުޙައްމަދު އިބްރާހީމް ސުޕްރީމް ކޯޓް ފަޑިޔާރަކަށް އައްޔަންކުރުމަށް މަޖިލީހުން ރުހުން ދީފި އެވެ.

ޢަލީ ރަޝީދު ސުޕްރީމް ކޯރޓްގެ ފަޑިޔާރުކަމަށް އައްޔަން ކުރެއްވުމަށް މަޖިލީހުން ފާސްކުރެއްވީ 55 މެމްބަރުންގެ އަޣްލިބިއްޔަތުންނެވެ. އެއް މެމްބަރަކު ދެކޮޅަށް ވޯޓް ދެއްވިއެވެ. ޑރ މުޙައްމަދު އިބްރާހީމަށް ރުހުން ދެއްވީ 63 މެމްބަރުންގެ ޢިއްތުފާޤުންނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް، ކުރީގެ ރައީސް ޢަބްދުﷲ ޔާމީނަށް ޙުކުމް އިއްވި ފަނޑިޔާރު ޢަލީ ރަޝީދުގެ ނަން ފޮނުވުމުން އިދިކޮޅުން ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅު ވެފައެވެ. ޕީއެންސީގެ ރައީސް އަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) ވިދާޅުވެފައި ވަނީ  ރައީސް ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރެއްވި ކްރިމިނަލް ކޯޓުގެ ޤާޒީ ޢަލީ ރަޝީދު ޙުސައިން ސުޕްރީމް ކޯޓަށް އައްޔަން ކުރުމަށް ފޮނުވީ އެ ހުކުމް ކުރުމުގެ އިނާމެއްގެ ގޮތުން ކަމަށެވެ. އަދި މިނިންމެވުމުން ޔަޤީންވެގެން ދިޔައީ ރައީސް ޔާމީންގެ ޙުކުމަށް، ރައީސް ޞާލިޙް ނުފޫޒު ފޯރުވި މިންވަރު ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.  

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.