ޖުޑިޝަރީގެ މައްސަލަތައް މަގުމަތިން ޙައްލު ކުރުމަކީ ގޮތެއްނޫން- ޚަލީލް

ރާއްޖޭގެ ޝަރުއީ ނިޒާމްގައި މައްސަލަތަކެއް ހުރި ނަމަ އެ މައްސަލަތައް ޙައްލު ކުރަން މަގުމަތިން މަސައްކަތް ކުރުމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ގޮތެއް ނޫން ކަމަށް ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަދި މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ޚަލީލް ވިދާޅުވީ ޖުޑީޝަރީގައި މައްސަލަ ހުރި ނަމަ އެކަން ހައްލު ކުރަން ވަންނާނެ ދޮރު ތަކެއް އެބަހުރި ކަމަށާއި ޤާނޫނީ ވަކީލުންވެސް އެ ދޮރު ތަކުން ވަންނަން ޖެހޭނެ ކަމަށެވެ. ނަމަވެސް މުޒާހިރާކޮށް، ޕެޓިޝަން ހަދައިގެން ޖުޑިޝަރީ ރަނގަޅު ކުރަން އުޅުމަކީ ދުނިޔޭގެ އެއްވެސް ތަނަކު ކަންކަން ކޮށްއުޅޭ ގޮތް ނޫން ކަމަށްވެސް ޚަލީލް ވިދާޅުވިއެވެ.

ޤާނޫނީ ވަކީލުންގެ ޕެޓިޝަނުގެ ސަބަބުން ރާއްޖޭގެ 54 ވަކީލުން ސަސްޕެންޑް ކުރި މައްސަލައަށް ތާއީދު ކުރައްވައި ޚަލީލް ވިދާޅުވީ އެ ވަކީލުންނަކީ ވަކި ސިޔާސީ ފިކުރެއް ޕްރޮމޯޓް ކުރަން އުޅުއްވާ ވަކީލުން ކަމަށާއި ވަކީލުންނަކީ ވަކި ފިކުރެއް ޕްރޮމޯޓް ކުރައްވަން އުޅޭ ބަޔަކަށް ވެގެން ނުވާނެ ކަމަށެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.