ގޭގަ ތިބެގެން އާމްދަނީ ހޯދަންކުރާ މަސައްކަތް ރަޖިސްޓްރީ ކުރާކަށް ލާޒިމެއް ނޫން: ވިސާމް

ގޭގަތިބެގެން އާމްދަނީ ހޯދަންކުރާ މަސައްކަތް ރަޖިސްޓްރީ ކުރަން ނުޖެހޭ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. މިކަން ހާމަކޮށްފައިވަނީ މިރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަގައެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިކޮނޮމިކް މިނިސްޓްރީގެ ރަޖިސްޓްރަރ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ވިދާޅުވީ ގޭގަ ތިބެގެން ކުރާ މަސައްކަތް ގާނޫނު ނަންބަރު 18/2014 ގެ ނުވަވަނަ މާއްދާގެ ހ. ގެ ދަށުން އެފަދަ މަސައްކަތް އިސްތިސްނާ ވާ ކަމަށެވެ. މިފަދަ މީހުންނަކީ އާމްދަނީ ހޯދަން އަމިއްލަ އަށް މަސައްކަތްކުރާ އަދި ޚިދުމަތް ފޯރުކޮށްދޭން ވަޒީފާގައި މީހުން ގެންގުޅޭ މީހުން ނޫންކަމަށް ވިސާމް ވިދާޅުވިއެވެ.

އެހެން ނަމަވެސް އާމްދަނީ ހޯދުމުގެ ގޮތުން އަމިއްލަ ގޭގައި ފަށާ މަސައްކަތްވެސް ރަޖިސްޓަރީ ކުރުމުގެ ފުރުސަތު އޮތް ކަމަށާއި، ކުންފުންޏެއް ނުވަތަ ޕާޓްނަރޝިޕެއްގެ ގޮތުގައި ނުވަތަ ކޯޕަރޭޓވް ސޮސައިޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެވިދާނެ ކަމަށެވެ.  

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.