ތޭވީސް އަހަރަށް ފަހުވެސް އެތައް މިލިއަން ބައެއްގެ ހިތުގައި ޑަޔަނާ

އިނގިރޭސި ވަލީ އަހުދު ޕްރިސް ޗާލްސްގެ ކުރީގެ އަނބިކަނބަލުން ލޭޑީ ޑަޔަނާ އަވަހާރަވީތާ 23 އަހަރު ވެއްޖެއެވެ. އެކަމަކު އަދިވެސް އެކަމަނާގެ ހަނދާންތައް ދުނިޔޭގެ އެތައް މިލިއަން ބައެއްގެ ހިތުގައި ދަނީ ރަނިކަންކުރަމުންނެވެ.

އިންތިހާއަށް ބުރުސޫރަ ރީތި ޑަޔަނާ އުފަންވީ 1961ގައެވެ.

ވަރަށް ޒުވާން އުމުރުގައި އިނގިރޭސި ވަލީއަހުދު ޕްރިސް ޗާލްސްއާ ޑަޔަނާގެ ކައިވެނިކުރެވުނީ 29 ޖުލައި 1981ގައެވެ.

ޗާލްސްއާއި ޑަޔަނާގެ ކައިވެނީގެ ރަސްމިއްޔާތު ދުނިޔޭގެ އެތައް މިލިއިންބަޔަކު ވަގުތުން ބެލިއެވެ. ބައެއް މީހުން ގަބޫލު ކުރާ ގޮތުގައި އެއީ ދުނިޔޭގައި ބޭއްވި އެންމެ މަގުބޫލު ކައިވެންޏެވެ.

ޗާލްސްއާއި ޑަޔަނާއަށް ލިބިވަޑައިގެންނެވީ ދެ ބޭފުޅުންނެވެ. އެއީ ޕްރިންސް ވިލިއަމްއާއި ޕްރިންސް ހެރީއެވެ.

ދުނިޔޭގެ އެންމެ މަޝްހޫރު އަދި އެންމެ މަގުބޫލު ކައިވެނި 16 އަހަރަށްފަހު ރޫޅިގެން ދިޔައީ 1996 ގެ އޮގަސްޓުމަހުގެ ތެރޭގައެވެ.

ޑަޔަނާ އަވަހާރަވީ 1997 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 31 ވަނަ ދުވަހު ކާރު އެކްސިޑެންޓެއްގައެވެ.

ޑަޔަނާގެ ރީތި ބުރުސޫރައާއި އޭނާ މުޖުތަމައަށް ކޮށްދެއްވާފައިވާ ޚިދުމަތްތަކުގެ ސަބަބުން އޭނާގެ ހަނދާންތައް ދުނިޔެއިން ފޮހެވިގެންނެއްނުދިޔައެވެ.

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
މުޙައްމަދު ސަޢީދު މޫސާ ވަޖުދީއަކީ ނޫސްވެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ތަޖުރިބާކާރު ނޫސްވެރިއެކެވެ. ގައުމީ އިނާމާއި އަދި އެހެނިހެން ޝަރަފުވެރި އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.