ފުލުހުންގެ ވަޒީފާއިން ރިޔާޒް ވަކިކޮށްފި

ޗީފް ސުޕްރިޑެންޓް އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި މުޙަންމަދު ރިޔާޒް ފުލުހުންގެ ވަޒީފާއިން ވަކިކުރައްވައިފިއެވެ.

މިވަގުތު ޗުއްޓީގައި ހުންނެވި ރިޔާޒް ވަޒީފާއިން ވަކިކުރެއްވީ ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ރިޔާޒްގެ މައްސަލައެއް ބެލުމަށް ފަހު ކަމަށްވެއެވެ. ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް ނޭނގެއެވެ.

ފުލުހުންގެ ވަޒީފާއިން ރިޔާޒް ވަކިކުރެއްވި ނަމަވެސް ބޯޑުގެ އެ ނިންމުން ރިޔާޒްއަށް އަދި އަންގާފައި ނެތް ކަމަށްވެއެވެ. ނަމަވެސް މީގެކުރިން ފުލުހުންގެ ޑިސިޕްލިނަރީ ބޯޑަށް ރިޔާޒް ޙާޒިރުކޮށް ސުވާލު ކޮށްފައިވާ ކަމަށްވެއެވެ. ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ އެ މުއައްސަސާގެ ޑިސިޕްލިނަރީ ބޯޑުން ނިންމާ ނިންމުންތައް މީޑިޔާއަށް ދޭ އުސޫލެއް ނޯންނާތީ އެކަމާބެހޭ ގޮތުން މައުލޫމާތު ދެވެން ނެތް ކަމަށެވެ.

ރިޔާޒަކީ ރާއްޖޭގައި މީގެކުރިން ހިންގާފައިވާ ޖިނާއީ ބޮޑެތި މައްސަލަތަކުގެ ތަހުގީގު ހިންގުމުގައި އެންމެ އިސްކޮށް ހުންނެވި އޮފިޝަރެވެ. އެގޮތުން ފަހުގެ ތާރީޚުގައި ހިނގާފައިވާ މަރުގެ ބޮޑެތި މައްސަލަތަކުގައިވެސް ރިޔާޒް އިސްކޮށްހުންނެވިއެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.