މާލޭގައި އަލިފާނުގެ ބޮޑު ހާދިސާއެއް

އަލިފާނުގެ ހާދިސާ ހިނގާ ސަރަޙައްދަށް އާއްމުން ނުދިއުމަށް އިލްތިމާސް ކޮށްފި

Photo: MACL

12:10 މިހާރު ބޭރަކަށް އަލިފާނުގެ އަސަރެއް ނުފެނޭ. ބެލެވޭ ގޮތުގައި މިހާރު ވަނީ މުޅީން ކޮންޓްރޯލު ވެފައި.

12:05 ރައީސް ވިދާޅުވީ އެޗްޕީއޭގެ އެންގުމާ ޚިލާފުވީ މީހުންނާ މެދު އަޅަން ޖެހޭ ގާނޫނީ ފިޔަވަޅު ސަރުކާރުން އަޅާނޭ ކަމަށް.

11:58 ރައީސް ވިދާޅުވީ ކަލާފާނު ސްކޫލް ވަނީ ދިމާވެދާނޭ ކަމަކަށް ތައްޔާރު ވެފައި ކަމަށް. ކޯވިޑްގެ ނުރައްކާ އޮތުމާއެކު މި ވަގުތު އަލިފާނުގެ ހާދިސާ ހިނގާފައިވާ ތަނުން ކަމާ ނުބެހޭ މީހުން ދުރަށް ދިއުމަށް އިލްތިމާސް ކުރައްވައިފި. އަދި މިއަދު ބޭއްވި މުޒާހަރާއަށް ފާޑުވެސް ވިދާޅުވި. ވަރަށް އިސް ބޭފުޅުން މި ކަހަލަ ދުވަސްވަރެއްގައި މަގުމައްޗަށް ނުކުމެ އެއްވުމަކީ ހިތާމަ ކުރައްވާ ކަމެއް ކަމަށްވެސް ރައީސް ވިދާޅުވި.

11:50 އަލިފާން ހިފި ތަން ބައްލަވާލައްވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަޑައިގެންފި.

11:38 ސިފައިން ބޭނުންކުރީ އެއްލީމާ އަލިފާން ނިވޭ ކަހަލަ އެއްޗެއް ކަމަށް މައުލޫމާތުދޭ. ސިފައިން މިހާރުވެސް އެތެރޭގައި ހަރަކާތްތެރިވަމުން އެބަދޭ.

11:35 ސިފައިން މައުލޫމާތު ދޭ ގޮތުގައި ފުރަތަމަ ރޯވީ ޖަލަޕީނޯގައި. އެސްބީއައި ބިލްޑިންގުގައި ރޯވީ އޭގެ ފަހުން. ޓެރަސްގެ އަލިފާންގަނޑު މިހާރު ވަނީ ގާތްގަނޑަކަށް ނިވިފައި.

11:15 އަލިފާން ރޯވި ސަބަބެއް އަދި ނޭނގޭ. ފުރަތަމަ ރޯވީ ކެފޭއެއްގައި. މިހާރު ހަރަކާތްތެރިވަނީ އިމާރާރތުގެ ޓެރަސްގައި ހިފާފައި ހުރި އަލިފާން ނިއްވާލަން. މިހާރު ވަނީ މުޅީން ކަހަލަ ގޮތަކަށް ކޮންޓްރޯލު ވެފައި.

11:11 އެމްސީއެލްގެ ވެހިކަލްތަކލާއި މީހުން ދަނީ އަލިފާން ނިއްވުމުގައި އެހީތެރިވަމުން.

11:10 މިހާރު ކޮންމެވެސް ވަރަކަށް އަލިފާންގަނޑު ވަނީ ކޮންޓްރޯލު ކުރެވިފައި.

މާލޭގެ އާރޓިފިޝަލް ބީޗް ކައިރީ ބޮޑުތަކުރުފާނު މަގުގައި ހުރި ޢިމާރާތެއްގައި އަލފާން ރޯވެ އަނދަމުން އެބަދެއެވެ. ފުރަތަމަ އަލިފާން ރޯވީ ކެފޭއެއްގައި ކަމަށް މަޢުލޫމާތު ލިބެއެވެ. ޖެހިގެން ހުރި ސްޓޭޓް ބޭންކް އޮފް އިންޑިއާ ހިންގާ ޢިމާރާތެއްގައި މިހާރު ދަނީ އަލިފާން ރޯވެ އަނދަމުންނެވެ. އެއިމާރާތުގެ އެންމެ މަތީ ފަންގިފިލާގައި ވަނީ ވަރަށް ބޮޑަށް އަލިފާން ރޯވެފައެވެ. އެމްއެންޑީއެފްއިން ދަނީ އަލިފާން ނިވުމަށް ހަރަކާތްތެރިވަމުންނެވެ. ފުރަތަމައަލިފާން ރޯވި ޢިމާރާތުގައި ރޯވި އަލިފާން ވަނީ ނިވާލައިފައެވެ.

އަލިފާނުގެ ހާދިސާ ހިނގާ ސަރަޙައްދަށް އާއްމުފަރާތްތަކުން ނުދިއުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިލްތިމާސް ކުރައްވައިފިއެވެ.

އެޗްޕީއޭއިން މިކަމަށް އިލްތިމާސް ކޮށްފައިވަނީ މިހާރު މާލޭގައި ހިގަމުންދާ އަލިފާނުގެ ޙާދިސާ ހިނގަމުންދާ ސަރަޙައްދަށް ގިނަ ޢަދަދެއްގެ ބަޔަކު އެއްވަމުން ދަނިކޮށެވެ.

"މިވަގުތު ބޮޑުތަކުރުފާނު މަގު އެސް ބީ އައި ސަރަހައްދުގައި ހިނގަމުންދާ އަލިފާނުގެ ހާދިސާގައި، ދުމުން ރައްކާތެރިވުމަށް ދުމުގެ އަސަރު ކުރާ ހިސާބަށް އާއްމު ފަރާތްތަކުން ނުދިޔުމަށް އިލްތިމާސްކުރަން. ދުމުގެ އަސަރު ކުރާ ހިސާބުތަކުގައި ގޭގެތެރެއަށް ދުން ނުވަންނަހެން ދޮރާއި ކުޑަދޮރުތައް ރަނގަޅަށް ލެއްޕުން މުހިއްމު." އެޗްޕީއޭގެ އިލްތިމާސް ގައި ވިދާޅުވެފައި ވެއެވެ.

މިސަރަހައްދުގައި، ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހުންނާއި އަދި ޕޮޒިޓިވް ވި މީހަކާ ބައްދަލުވެ ހޯމް ކަރަންޓީނުގައި ތިބި މީހުން 1676 އަށް ގުޅުއްވުމަށް ވެސް އެޗްޕީއޭ އިން ވަނީ އިލްމާސް ކުރައްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.