މާލެ ސިޓީކައުންސިލަށް މިނިވަންކަމާއެކު ވޯޓެއް ނެގުމުގެ ފުރުސަތުވެސް މިއަދު ނެތްކަމަށް ވިލިމާލެ ދާއިރާގެ މެމެބަރ އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވެފައި މިވަނީ މޭޔަރު ޝިފާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދެވޭ ކަމަށް އެލްޖީއޭއިން އަންގައިފައިވާކަމަށް ބައެއް މިޑިއާތަކުން ރިޕޯޓުކޮށްފައި ވަނިކޮށް ކުރެއްވި ޓްވީޓެއްގައެވެ.
"ކުރީ ސަރުކާރުގަ ކައުންސިލްތަކުގެ ބާރުތައް ކަނޑުވާލިކަމަށްބުނެ އެ ވާހަކަ ދެއްކި ބޭފުޅުންގެ މަޤާމު ގެއްލިދާނެހެން ހީވީމަ، އެލްޖީއޭ އިން ޤާނޫނާހިލާފަށް މިއަދު މިކުރާ ކަންކަންވެސް އެބޭފުޅުންނަށް މިއޮތީ ރަގަޅުވެފަ." މެމްބަރ އުޝާމް ވިދާޅުވިއެވެ.
ބައެއް މީޑިއާ ތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި މޭޔަރު ޝިފާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް އެލްޖީއޭއިން އަންގައިފައި ވަނީ މޭޔަރު ޝިފާގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި މިއަދު މެންދުރުފަހު 3:00 ގައި ވޯޓު ނަގަން އެޖެންޑާކޮށްފައި ވަނިކޮށެވެ. ސިޓީ ކައުންސިލްގެ ކައުންސިލްގެ އަށް ކައުންސިލަރަކު ޝިފާގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ހުށަހެޅި މައްސަލައިގައި ތާއީދު ކުރައްވައިފައިވާ ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ. އަދި ވޯޓު ނެގުމާ ދެކޮޅީ ދެ ކައުންސިލަރެއް ކަމަށްވެސް ބައެއް މީޑިއާ ތަކުން ރިޕޯޓު ކޮށްފައި ވެއެވެ.