ރަޝިޔާގެ އަންހެނަކު އޭނާއަށް ލިބުނު ދެއަތް ނެތް ދަރިފުޅު، އެކުއްޖާގެ ދެފައި ބޭނުން ކޮށްގެން ކަންކަން ކުރަން ދަސްކޮށްދޭ މަންޒަރު ދައްކުވައިދޭ ވީޑިޔޯ ކޮޅެއް ސޯޝަލް މީޑިޔާގެ ތެރެއަށް ދޫކޮށްލުމާއެކު އެތައް ބަޔެއްގެ ތައުރީފް ލިބިއްޖެއެވެ.
އެލްމިރާ ނުޓްޝެން ކިޔާ މި އަންހެން މީހާ ބުނެފައި ވަނީ އޭނާއަށް ދެއަތް ނެތް ތުއްތު ދަރިފުޅު ލިބުމުން ވަރަށް ދެރަވި ކަމަށާއި ނަމަވެސް އެދަރިފުޅަށް ދިރިއުޅުން ދަސްކޮށްދިނުމަށް އެދުވަހުން ފެށިގެން އަޒުމު ކަނޑައެޅި ކަމަށެވެ. އަދި އޭނާގެ މަސައްކަތުން އެކަން ކާމިޔާބުވެފައިވާ ކަމަށާއި އެކަމާ އުފާކުރާކަމަށްވެސް އޭނާ ބުނެފައިވެ އެވެ.
އޭނާ ބުނީ އެ ވީޑިއޯކޮޅު ސޯޝަލް މީޑިޔާއަށް ދޫކޮށްލީ އެފަދަ ހާދިސާތައް ދިމާވެފައިވާ އެހެނިހެން މައިންބަފައިންނަށް ހިތްވަރެއް ދިނުމުގެ ގޮތުންނާއި އެފަދަ ފަރާތްތައް މާޔޫސް ނުވުމަށް ހިތްވަރެއްގެ ގޮތުން ކަމަށެވެ. އޭނާގެ މި ވީޑިއޯގެ ސަބަބުން އޭނާ ކޮށްފައިވާ މަސައްކަތަށް ގިނަ ބައެއްގެ ތަރުހީބު ދަނީ އޮހެމުންނެވެ.