ފިނޭންސް މިނިސްޓަރު އަމީރަށް ރެއިންބޯއިން ލަގްޒަރީ ފްލެޓެއް ހަދިޔާ ކޮށްފި ކަމަށްބުނެ ސޯޝަލް މީޑިޔާގައި ދައުރުވަމުން ދިޔަ ވާހަކަތައް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުޙަންމަދު މުސްތޮފާ ޝެއާރ ކުރައްވައި ވިދާޅުވި ވާހަކައަށް އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރ އަލީ އާޒިމް މިރޭ ރައްދު ދެއްވައިފިއެވެ.
މިނިސްޓަރު އަމީރަށް ރެއިންބޯއިން ލަގްޒަރީ ފްލެޓެއް ހަދިޔާކޮށްފި ކަމަށްބުނެ ސޯޝަލް މީޑިޔާގައި ދައުރު ވަމުން އަންނަ ލިޔުންކޮޅާއެކު މުސްތޮފާ ކުރެއްވި ޓްވީޓުގައި ވިދާޅުވެފައި ވަނީ "މި ވަގުންނަށް ވައްކަން ކުރުމުގެ ދޮރު މިއޮތީ ހުޅުވިފަ. އެއްޗެކޭ ބުނެވޭނެ އެކަކުވެސް ނެތް. ވައްކަންކޮށް ގައުމު ބަރަހަނާކޮށް ނިންމާފި" ކަމަށެވެ.
މުސްތޮފާގެ ޓްވީޓަށް ރައްދު ދެއްވައި މެދުހެންވޭރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕީޖީ ލީޑަރު އާޒިމް ވަނީ މިނިސްޓަރު އަމީރާބެހޭ ގޮތުން ދެކެވޭ އެ ވާހަކަތައް ދޮގު ކުރައްވާފައެވެ.
"ތިކަހަލަ ދޮގު ވާހަކަ ނުފެތުރުމަކީ ފަރުދީ ޒިންމާއެއް" މުސްތޮފާއަށް ރައްދު ދެއްވައި އާޒިމް މިރޭ ވިދާޅުވިއެވެ.
fulhahbudun dhaanama heevaane kan'daalaaney