ޖަޕާނުގެ ހިރޯޝިމާއަށް ނިއުކްލިއަރ ބޮމުން ހަމަލާ ދިންތާ 75 އަހަރު ވެއްޖެ

ޖަޕާނުގެ ހިރޯޝިމާއަށް އެމެރިކާއިން އެޓަމް ބޮމުން ހަމަލާދިންތާ މިއަދަށް 75 އަހަރު ވެއްޖެއެވެ.

އެ ހިތާމަވެރި ހާދިސާގެ ހަނދާނުގައި ހިރޯޝިމާގައި ބޭއްވި އެއްވުމުގައި ބައިވެރިވީ ސަރުކާރުގެ މަދު ބަޔަކާއި އާއްމުންގެ މަދު ބައެކެވެ. ކޮރޯނާ ވައިރަސްގެ ސަބަބުން ގިނަބަޔަކަށް ރަސްމިއްޔާތުގައި ބައިވެރިވުމުގެ ފުރުސަތު ސަރުކާރުން ނުދެއެވެ.

ބޮމުގެ ހަމަލާގައި އަނިޔާ ލިބުނު ޖަޕާނު މީހުން އެނދުމަތިކޮށްފައި

ހިރޯޝިމާގެ މޭޔަރ ދުވަހުގެ މުނާސަބާތުގައި ވިދާޅުވީ ކޮރޯނާ ވައިރަހުން ސަލާމަތްވާން ދުނިޔެ ގުޅިގެން މަސައްކަތް ކުރާ ގޮތަށް ދުނިޔެ ނުރައްކަލުން ސަލާމަތް ކުރުމަށް ވެސް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

އޭނާ ވިދާޅުވިގޮތުގައި އެމެރިކާގެ ހަމަލާގައި ހިރޯޝިމާ ފުނޑުފުނޑުވެގެން ދިޔަކަމަށް ވިޔަސް މިއަދު އެރަށް ފެންނަނީ ސުލްހައިގެ ނަމޫނާއެއްގެ ގޮތުގައެވެ.

ހިރޯޝިމާއަށް އެމެރިކާއިން ދިން އެޓަމް ބޮމުގެ ހަމަލާގައި މަރުވި މީހުންގެ ހަނދާނުގައި ބޭއްވި އަހަރީ ރަސްމިއްޔާތުގައި އެއްމިނިޓު އިރުގެ ސުކޫތެއް ގެނައެވެ.

އެމެރިކާއިން ހިރޯޝިމާއަށް 6 އޮގަސްޓު 1945 ގައި ދިން އެޓަމް ބޮމުގެ ހަމަލާގައި 140000 ހަށް ވުރެ ގިނަ މީހުން މަރުވިއެވެ.

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
މުޙައްމަދު ސަޢީދު މޫސާ ވަޖުދީއަކީ ނޫސްވެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ތަޖުރިބާކާރު ނޫސްވެރިއެކެވެ. ގައުމީ އިނާމާއި އަދި އެހެނިހެން ޝަރަފުވެރި އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.