ދިވެހިންގެ ތެރޭގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެނީ - މިއަދު އެކަނިވެސް 92 ދިވެހިންނަށް ރޯގާ ޖެހިއްޖެ

ދިވެހިނަގެ ތެރޭގައި ހަލުވިކަމާއެކު ކޯވިޑް-19 ރޯގާ ފެތުރެން ފަށައިފިއެވެ. ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުން ގޮސް މިއަދު އެކަނިވެސް ރާއްޖޭގައި 137 މީހުން ޕޮޒިޓިވް ވެއްޖެއެވެ. އެއީ 92 ދިވެހިންނާއި 31 ބަނގްލާދޭޝީންނާއި 9 އިންޑިއަނުންނާއި 4 ސްރީލަންކަނުންނާއި ފިލިޕީނޯއެކެވެ.

މިއަދަދާއެކު މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ ޢަދަދު ވަނީ 3506 އަކަށް އަރާފައެވެ.

މިހާރު ބަލިޖެހި ފަސޭހަ ނުވެ ތިބީ 929 މީހުންނެވެ. ބަލިން ރަނގަޅުވެފައިވާ މީހުންގެ ޖުމުލަ ޢަދަދަކީ 2547 އެވެ. އެހެންވީމާ މިއަދު އެންމެ މީހަކުވެސް ބަލިން ފަސޭހަ ވެފައެއް ނުވެއެވެ. މިހާތަނަށް ރާއްޖެއިން 75550 މީހަކު ވަނީ ކޮވިޑަށް ޓެސްޓްކޮށްފައެވެ.  ކޮވިޑްގައި މަރުވެފައިވަނީ 15 މީހުންނެވެ.

އިތުރު ފުރަބަންދަކުން ސަލާމަތް ވުމަށްޓަކައި އެޗްޕީއޭގެ ބަސް އަހައިގެން ފަރުވާތެރިވެގެން އުޅުމަށް ހެލްތު މިނިސްޓަރު އަމީން ވަނީ މިއަދު ގޮވައިލައްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.