"ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީސް" އުފައްދަވައިފި

"ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީސް" ރައީސުލްޖުމްހޫރިއްޔާ މިއަދު ޤާއިމުކުރައްވައިފިއެވެ.

މި އޮފީހަކީ ކުޑަކލުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް މަސައްކަތް ކުރަން އުފައްދާ އޮފީހެކެވެ. މި އޮފީހުން ކުރާނޭ މަސައްކަތަކީ ދިވެހިރާއްޖޭގައި ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރަން ހަދައިފައިވާ ގޫނުނު ތަންފީޒުކުރާ މިންވަރު ކަނޑައެޅުމެވެ.

ދިވެހިރާއްޖޭގެ ޗިލްޑްރަންސް އޮމްބަޑްސްޕަރސަން އަކަށް ހަމަޖައްސައިފައި ވަނީ މާފަންނު މާފުށީގޭ ނިޢުމާތު ޝަފީޤެވެ. އޭނާ މި މަގާމަށް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މި މަހުގެ 20 ވަނަ ދުވަހުއެވެ. މިއީ މިނިވަން މުސްތަގިއްލު މަގާމެކެވެ. މަގާޟުގެ މުސާރައަކީ މަހަކު 35000 ރުފިޔާއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.