ރައީސް ޔާމީން ހެންވޭރުން ބައްލަވައިގެންނެވި ގެކޮޅު ހަދަން ފަށައިފި

ރައީސް އަބްދުﷲ ޔާމީން ކުރިން ދިރިއުޅުއްވި ގެ ކޮޅު ވިއްކާލުމަށް ފަހު ހެންވޭރު އާޓިފިޝަލް ބީޗު ކައިރިން ބައްލަވައިގެންނެވި ގެކޮޅު ހެދުމުގެ މަސައްކަތް ފަށައިފިއެވެ.

ހ. ނޫފަރުގެ ރައީސް ޔާމީން ބައްލަވައިގަތުމަށް ފަހު އެމަނިކުފާނު ކުރިން އުޅުއްވި ގެކޮޅަށް ކިޔާފައިވާ ނަން ކަމަށްވާ "ދޫވެހި" އަށް ބަދަލުކޮށްފައިވާ ގެކޮޅުގެ މަސައްކަތް ފެށީ މީގެ ދެދުވަސް ކުރިންނެވެ. މިހާރު މަސައްކަތް ކުރަމުން ދަނީ ޝީޓްޕައިލް ކުރުމުގެ މަސައްކަތެވެ. މި ގެ ރައީސް ޔާމީން ބައްލަވައިގަތީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ.

ކުރިން ހ. ނޫފަރުގެ އަދި މިހާރު ހ. ދޫވެހި އަކީ 2،900 އަކަފޫޓުގެ ބިމެކެވެ. ނޫފަރުގެއާ ޖެހިގެން އޮތް 40 އަކަފޫޓުގެ ބިންކޮޅުވެސް ރައީސް ވަނީ ބައްލަވައިގެންފައެވެ. ރައީސް ޔާމީން ހ. ނޫފަރުގެ ބައްލަވައިގަތީ ކުރިން ދިރިއުޅުއްވި "ދޫވެހި' އާ ބަދަލުކޮށްގެންނެވެ. ރައީސް ކުރިން ދިރިއުޅުއްވި "ދޫވެހި' އަށް މިހާރު ކިޔަނީ "ނޫފަރުގެ" އެވެ.

ރައީސް ޔާމީންގެ ގެކޮޅު މަސައްކަތް ފެށިއިރު އެ ގެކޮޅު ނެގުމަށް ނިންމާފައި ވަނީ ކިތައް ބުރިއަށް ކަމެއް ނޭނގެއެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.