ގެއްލުނު 17 އަހަރުގެ އަންހެން ކުއްޖާ އަދިވެސް ނުފެނޭ

އިއްޔެ 13:30 އިން ފެށިގެން ވީތަނެއް ނޭނގި ގެއްލިގެން ހޯދަމުން އަންނަ އުމުރުން 17 އަހަރުގެ އަންހެން ކުއްޖާ އަދިވެސް ނުފެނެއެވެ.

އާއިލާއިން ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށް ހޯދަމުން އަންނަ 17 އަހަރުގެ އަންހެން ކުއްޖާއަކީ އދ.ހަންޏާމީދޫ /  ބްލޫހެވަން، ޢާއިޝަތު ޝިމްރީން ޢިމާދު އެވެ.

ފުލުހުން ބުނީ ޢާއިޝަތު ޝިމްރީން ޢިމާދު އާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިވަޑައިގެންފައިވާ ފަރާތެއްވާނަމަ ލަސްނުކުރައްވައި އެމަޢުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް  ނުވަތަ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ޑިއުޓީ ނަންބަރ 3331510  އަށް ގުޅުއްވައި ހިއްސާކޮށްދެއްވުން އެދޭކަމަށެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.