އިތިއޯޕިޔާގައި ހިނގި ހަމަނުޖެހުންތަކުގައި 50 މީހުން މަރުވެއްޖެ

މަގުބޫލު ލަވަކިޔުންތެރިއެއްގެ ގަޔަށް ބަޑިޖަހައި މަރާލުމުން އެކަމާ ދެކޮޅަށް އިތިއޯޕިޔާގެ އޮރޯމިޔާ ސަރަހައްދުގައި ކުރި އިހުތިޖާޖުތަކުގައި 50 އަށްވުރެ ގިނަ މީހުން މަރުވެއްޖެއެވެ.

އޮރޯމިޔާ ސަރަހައްދުގެ އާއްމުންގެ މެދުގައި މަގުބޫލު ލަވަކިޔުންތެރިޔާ ހާޗާލޫ ހުންޑީސާ މަރާލާފައި ވަނީ ހޯމަ ދުވަހުގެރޭ ދިން ބަޑީގެ ހަމަލާއެއްގައެވެ. ފުލުހުން ބުނި ގޮތުގައި އެއީ ސީދާ އޭނާ މަރާލަން އަމާޒުކޮށްގެން ދީފައިވާ ހަމަލާއެކެވެ.

އޮމޯރިޔާއަކީ ބޮޑުވަޒީރު އަބީ އަޙްމަދުގެ ތާއީދު އެންމެ ބޮޑު ސަރަހައްދެެވެ. އިތިއޯޕިޔާގެ ވެރިރަށް އެޑިސް އަބާބާއަކީ ވެސް އެސަރަހައްދުގެ ރަށެކެވެ. ރުޅިގަދަވެފައި ތިބި ޒުވާނުން ވަނީ ވެރިރަށް އެޑިސް އަބާބާއާއި އެހެން ރަށްތަކުގެ މަގުތަކަށް ނުކުމެ ޓައިރުތަކުގައި ރޯކޮށް ހެދުމުގެ އިތުރަށް ބައެއް ފިހާރަތަކުގައި ވެސް ރޯކޮށް ހަދާފައެވެ.

އޮރޯމިޔާ ސަރަހައްދުގެ ތަރުޖަމާނު ގެޓާޗޫ ބަލްޗާ ވިދާޅުވި ގޮތުގައި މަރުވި މީހުންގެ ތެރޭގައި އާއްމުންނާއި ފުލުހުންވެސް ހިމެނެއެވެ.

"އަޅުގަނޑުމެން ތިބީ މިކަމަށް ތައްޔާރުވެެެެގެންނެެއްނޫން." "މުދަލަށާއި ތަންތަނަށް ވަނީ ފާހަގަކޮށްލެވޭ ވަރަށް ގެއްލުން ލިބިފައި." އޭނާ ވިދާޅުވިއެވެ.

ހާޗާލޫ މަރާލި ސަބަބު އަދިވެސް ހޯދިފައި ނުވާކަމަށް ފުލުހުން ބުނެފައި ވާއިރު، އެ މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށްވެެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ވަނީ ހަމަނުޖެހުންތަކުގެެ ތެރެއިން 35 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި މަޝްހޫރު ސިޔާސީ ބޭފުޅެއް ކަމުގައިވާ ޖަވާރް މުޙައްމަދު ވެސް ހިމެނިވަޑައިގަންނަވައެެވެ.

"އެމީހުން ހަމައެކަނި ހާޗާލޫ މަރާލީއެެއް ނޫން. އެމީހުން ބަޑި އެޖެހީ އޮރޯމޯ ގައުމުގެ ހިތަށް. ކަލޭމެންނަށް އަހަރުމެން އެންމެން މަރާލެވިދާނެ. އެކަމަކު އަހަރުމެންނެއް ނުހުއްޓުވޭނެ... ދުވަހަކުވެސް އެކަމެއް ނުވާނެ." ޖަވާރު މުޙައްދު އޭނާ ފޭސްބުކް ސަފުހާގައި ލިއުއްވާފައި ވެއެެވެ.

އުމުރުން 37 އަހަރުގެ ހާޗާލޫ ވަނީ އޭނާއަށް މަރުގެ އިންޒާރު ލިބެމުން އަންނަ ކަމަށް މީގެ ކުރިން ބުނެފައެވެ. އޭނާގެ ލަވަތަކުގައި އޮރޯމިޔާ ނަސްލުގެ މީހުންގެ ހައްގުތަކުގެ ވާހަކަ ދައްކާފައި ވެއެވެ. 2018 ވަނަ އަހަރު އޭރުގެ ބޮޑުވަޒީރު ހައިލެމަރިއަމް އިސްތިއުފާދެއްވަން މަޖުބޫރުކުރުވި އިހުތިޖާޖުތަކުގައި އޭނާގެ ލަވަތައް ބޭނުންކޮށްފައި ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.