އިތުރު ފަރުވާ އަށް ރާއްޖެއިންބޭރަށް އިތުރު 51 މީހަކު ދާންޖެހޭ   

އިތުރު ފަރުވާއަށް 37 މީހަކު މާދަމާ އިންޑިއާއަށް ފުރުވާލަން ނިންމަ ވައިފައިވާއިރު، އިތުރު 51 މީހަކު، އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ދާން ޖެހިފައިވާކަމަށް ނެޝަނަލް އިމަރަޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) އިން ވިދާޅުވެއްޖެއެވެ.

ރާއްޖެއިން ލިބެންނެތް އިތުރުފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ދާން ޖެހިފައިވާ  51 މީހުން ނަކީ ފުރަތަމަ ފާހަގަ ކުރެވުނު މީހުންގެ ފަހުން ބޭރަށް ދާންޖެހޭކަމަށް ފާހަގަ ކުރެވިފައިވާ މީހުން ކަމަށް އެންއީއޯސީ އިން ވިދާޅުވިއެވެ. އެމީހުންވެސް ފުރުވާލުމަށް ކުރައްވަން ޖެހޭ ކަންކަން ފޮރިންގ މިނިސްޓްރީ އާއި އާސަންދަ އޮފީހުން ކުރައްވަމުންދާކަމަށް ރޭގެ ނޫސްވެރިންގެ ބައްދަލުވުމުވައި އެންއީއޯސީގެ ތަރުޖަމާނު ވިދާޅުވިއެވެ.

އާސަންދައިގެ ދަށުން ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރުވާލާ މީހުންގެ ތެރޭގައި ތިބީ 25 ބަލި މީހުންނެނެވެ. ބަކީ ތިބި މީހުންނަކީ ބަލި މީހުންގެ އެހީތެރިންނެވެ.

އިތުރުފަރުވާއަށް ދާމީހުންގެ ތެރޭގައި  ރޭޑިއޭޝަން ތެރަޕީއާއި ކެންސަރު ބަލީގެ އިތުރުފަރުވާހިތުގެ ބޮޑެތި އޮޕަރޭޝަންތަކާއި ލޮލުގެ ބޮޑެތި އޮޕަރޭޝަން ތަކާއި ގުނަވަން ޓަރާންސްޕްލާންކުރުމާއި ޚާއްޞަ ފަރުވާ ބޭނުންވާ ތުއްތު ކުދިން ހިމެނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.