ހޫނު ގަދަވާއިރަށް ވާރޭ ވެހޭ މަގެއް ދުބައިގައި ހަދަނީ

ދުބައިގައި ހިއްކައިގެން ހަދާފައިވާ ހަ ރަށް: މި ރަށްތައް ފާހަގަ ކުރަނީ ޔޫރަޕްގެ ހިތްތަކުގެ ގޮތުގައި

ދުބައިގެ ހޫނު ގަދަކަމާއި އެތަނުގެ މޫދާއި ވެލިގަނޑަކީ މުޅި ދުނިޔޭގެ ފަތުރުވެރިންގެ ހިތްތަކުގެ ވިންދަށް ވަނީ ވެފައެވެ. ފަތުރުވެރިންނަށާއި ވިޔަފާރިވެރިންނަށް ދުބައިގެ ހޮޓާތަކާއި ޖަޒީރާވަންތަ ރަށްރަށް ތައްޔާރު ކުރެވިފައި ވަނީ ވަރަށް ފުރިހަމައަށެވެ.

ދުބައިގެ ހޫނުމިން ބައެއް ފަހަރަށް 40 ޑިގްރީއަށް 50 ޑިގްރީއަށް ހޫނުވެގެން ދިއުމުން ފަތުރުވެރިންނަށް މަގުމައްޗަށް ނިކުމެވޭވަރެއްނޫނެވެ. އެހެންވެ ހޫނު މޫސުމުގައި ވެސް މަގުމައްޗަށް ނިކުންނަން ބޭނުންވާ މީހުންނަށް އަހަރުގެ ހޫނުގަދަ ހުރިހާ ދުވަހެއްގައި ވެސް ހިމަފޮދު ވާރޭ ވެހޭ ގޮތަށް މަގެއް ހެދުމަށް ދުބައިއިން ހަމަޖައްސައި އެ މަޝްރޫޢު ހިންގަން ފަށައިފިއެވެ.

"ވާރޭ ވެހޭ މަގު" ހަދަން ހަމަޖައްސާފައިވަނީ ދުބައިއަށްދާ ފަތުރުވެރިންގެ މެދުގައި މަގުބޫލު ސަރަހައްދެއްކަމުގައިވާ "ދަ ހާޓް އޮފް ޔޫރަޕް"ގައެވެ. މިއީ ދުބައިގެ ގޮނޑުދޮށާ ތަންކޮޅެއް ދުރުގައި އުފައްދާފައިވާ ޖަޒީރާ ވަންތަ ރަށްތަކެކެވެ.

އަބަދު ވާރޭ ވެހޭ ގޮތަށް ހަދާ މަގުގެ ދިގުމިނުގައި ހުންނާނީ އެއްކިލޯމީޓަރެވެ. މަގުގެ ދެފަރާތުގައި ހުންނާނީ ހުޅަނގުގެ މީހުންނަށް އަމާޒުކޮށް ހަދާ ރެސްޓޯރެންޓުތަކާއި ފިހާރަތަކެވެ.

"ވާރޭވެހޭ މަގު" ހަދަނީ ދުބައިގެ ހޫނުމިން ވަރަށް ގިނަދުވަސްދުވަހު މާ މައްޗަށްދާތީ

އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ހަދާ މަގަށް ވާރޭވެހެންފަށާނީ މަގުގެ ހޫނުމިން 27 ޑިގްރީ ސެލްސިއަށްއަށްވުރެ މައްޗަށް ދިއުމާއެގައެވެ. 

"ވާރޭ ވެހޭ މަގު" ހެދުމުގެ މަސައްކަތް ކުރާ ކުންފުނިން ބުނިގޮތުގައި މިއަހަރު ނިމުމުގެ ކުރިން މަޝްރޫޢުގެ ހުރިހާ މަސައްކަތެއް ނިންމާލެވޭނެއެވެ.

އެ ކުންފުނިން ބުނިގޮތުގައި މަގު ހެދުމުގެ މަސައްކަތް ފެށީ އަހަރުތަކެއްގެ ދިރާސާތަކަށްފަހުގައެވެ.

ވާރޭވެހޭ މަގުހަދާ ކުންފުނިން ބުނިގޮތުގައި ވާރޭ ވެހޭ ނިޒާމު ގާއިމުކުރަނީ މަގުގެ ދެފަރާތުގައި ހުންނަ އިމާރާތްތަކުގައި ހޮޅިތަކެއް ހަރުކޮށްގެންނެވެ. ހޫނުމިން މައްޗަށް ދިއުމާއެކު މަސްނޫޢީ ވާރޭވެހެންފަށާނެއެވެ.

ދުބައިގެ ފަތުރުވެރިކަމަކީ މުޅިދުނިޔޭގެ އެންމެންގެ މެދުގައި މަގުބޫލު އެއްޗަކަށް ހެދުމަށް ސަރުކާރުން ދަނީ ބިލިއަން ބިލިއަނުން ޚަރަދުކުރަމުންނެވެ.

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
މުޙައްމަދު ސަޢީދު މޫސާ ވަޖުދީއަކީ ނޫސްވެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ތަޖުރިބާކާރު ނޫސްވެރިއެކެވެ. ގައުމީ އިނާމާއި އަދި އެހެނިހެން ޝަރަފުވެރި އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.