އިތުރު 37 މީހަކަށް ކޯވިޑް ޖެހިއްޖެ

އިތުރު 37 މީހަކަށް ކޯވިޑް ޖެހިފައިވާ ކަމަށް އެޗްޕީއޭއިން ހާމަކޮށްފިއެވެ.

މިއީ މިއަދުގެ ހަވީރު ހަޔެއް ޖެހުމާ ހަމައަށް ބަލިޖެހިފައިވާ އަދަދު ކަމަށް އެޗްޕީއޭ އިން ހާމަކުރެއެވެ. މި މީހުންގެ ތެރޭގައި ހިމެނެނީ 19 ދިވެހިންނާއި ބަނގްލަދޭޝްގެ 12 މީހަކާއި އަދި އިންޑިއާގެ 6 މީހެކެވެ.

މިހާތަަނަށް ރާއްޖެއިން 2187 މީހަކަށް މި ބަލި ޖެހިފައިވާ އިރު 1788 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ. ބައްޔަށް ފަރުވާކުރަމުންދަނީ 389 މީހުންނެވެ. 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.