އެހެން ގަައުމުތަކުގެ ހިމާޔަތަށް އެދުނު މީހުންނާއި، ގެދޮރު ދޫކޮށް އަމިއްލަ ގައުމުގެ އެހެން ތަނަކަށް ހިޖުރަކުރަން ޖެހުނު މީހުންނާއި، ރެފިއުޖީންގެ އަދަދު ފާއިތުވި 2019 ވަނަ އަހަރު 9 މިިލިއަން މީހުން އިތުރުވެފައި ވާކަަމަށް އދ. ގެ ހައިކޮމިޝަން ފޯ ރެފިއުޖީސް (ޔޫއެންއެޗްސީއާރު) އިން ބުނެފިއެވެ. މިއީ އެ އިދާރާއިން ރިކޯޑު ބަލަަހައްޓަން ފެށިފަހުން އެއް އަަހަރު ދުވަހުގެ ތެރޭގައި އިތުރުވި އެންެމެ ބޮޑު އަދަދެވެ.
ޔޫއެންއެޗްސީއާރުގެ ރިޕޯޓުގައި ވާގޮތުން، ހަނގުރާމަތަކާއި، އަނިޔާއިން ސަލާމަތްވުމަށް އަމިއްލަ ވަޒަން ދޫކޮށްފައިވާ މީހުންގެ އަދަދު ވަނީ ގާތްގަނޑަކަށް 80 މިލިއަނަށް އަރާފައެެވެ. މިއީ މުޅި ދުނިޔޭގެ އާބާދީގެ %1 އެވެ.
"ގާތްގަނޑަކަށް 80 މިލިއަނަށް މި އަދަދު އެރުމަކީ(ގަވާއިދުން ތަފާސް ހިސާބު އެއްކުރަން ފެށިފަހުން ޔޫއެންއެޗްސީއާރުން ރިކޯޑުކުރި އެންމެ މަތީ އަދަދު) އިންތިހާއަށް ކަންބޮޑުވާން ޖެހޭ ސަބަބެއް." އދ، ގެ ހައިކޮމަޝަަނަރ ފޯ ރެފިއުޖީސް ފިލިޕޯ ގްރާންޑީ ވިދާޅުވިއެވެ.
ހުޅަނގުގެ ޚަބަރުފަތުރާ ވަސީލަތްތަކުން ތަަސައްވަރުކޮަށްދޭ ގޮތުގައި ގިނަ ރެފިއުޖީން ހިމާޔަތް ހޯދަނީ ހުޅަނގު ޔޫރަޕުގެ ގައުމުތަކުންނެވެ. އެހެން ނަމަވެސް އދ. ގެ ރިޕޯޓުން ހާމަވާ ގޮތުގައި %73 ރެފިއުޖީން ހިމާޔަތް ހޯދަނީ އަވަށްޓެރި ގައުމުތަކުންނެވެ.
"މިމައްސަލަ ބައިނަލް އަދިވެސް މިދަނީ ބައިނަލްއަގުވާމީ މައްސަލައެއެްގެ ގޮތުގައި ކުރިއަށް. މިއީ ހުރިހާ ގައުމެއްގެ މައްސަލައެއް. އެހެންނަަމެވެސް، މަ މައްސަލައިގެ އަސަރު -އާއްމުކޮށް ދައްކައިދޭ ތަސައްްވުރާއި ޚިލާފަަށް- އެންމެ ބޮޑަށް ކުރަނީ ފަގީރު ގައުމުތަކަށް. މުއްސަނދި ގައުމުތަކަކަށް ނޫން." ގްރާންޑީ ވިދާޅުވިއެވެ.
ރިޕޯޓުން ހާމަވާގޮތުގައި ފާއިތުވި އަަހަރު ރެފިއުޖީންގެ ގޮތުގައި އެންމެ ގިނައިން ތިބީ ވެނެޒުއެލާ، އަފްޣާނިސްތާން، ސައުތު ސޫދާނުގެ މީހުންނެވެ. އަދި މިޔަންމާ (ބަރުމާ) އިން އެގައުމުގެ މީހުންގެ ގޮތުގައި ބަލައިގެންފައި ނުވާ ރޮހިންޖާ މުސްލިމުންނެވެ. މިލިއަނެއްހާ ރޮހިންޖާ ރެފިއުޖީން ތިބީ ނިކަމެތި ހާލުގައި ބަންގްލާދޭޝްގެ ތޮއްޖެހިފައިވާ ކޭންޕުތަކުގައެެވެ.
ޔޫއެންއެޗްސީއާރުން ބުނެފައި ވަނީ ވެނެޒުއެލާގައި ހިނގަމުންދާ ސިޔާސީ ހަމަނުޖެހުންތަކުގެ ސަަބަބުން 2015 ވަނަ އަހަރުއްސުރެ އެގައުމު 3.5 މިލިއަން މީހުން ވަނީ އެހެން ގައުމުތަކަށް ހިޖުރަކޮށްފައެެވެ. އަދި ސީރިޔާގެ ދާޚިލީ ހަނގުރާމައިގެ ސަބަބުން އެގައުމުގެ 6 މިިލިއަން މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ.
ފާއިތުވި އަަަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، 46 މިލިއަން ރެފިއުޖީންނަކީ އަމިއްލަ ގައުމުގައި ރެފިއުޖީންގެ ގޮތުގައި ތިބި މީހުންނެވެ. ސަރަހައްދީ ރޮނގު ހުރަސްކޮށް އެެހެން ގައުމަކަށް ދަތުރުކޮށްފައި ވަނީ 26 މިލިއަން ރެފިއުޖީންނެވެ. ސިޔާސީ އަދި ދީނީ ސަބަބުތަކާއި، ނަސްލީ ތަފާތުކުރުމުގެ ޝިކާރައަކަށް ވުމުގެ ސަބަބުން 4.6 މިލިއަން މީހުން އެހެން ގައުމުތަކުގެ ހިމާޔަތް ހޯދައިގެން އެބަތިއްބެވެ.