މާލެއިން ގޮސް ކަރަންޓީން ގައި ހުއްޓައި މާމެންދޫ މީހަކު ޕޮޒިޓިވްވެއްޖެ

މާލެއިން އެނބުރި ގޮސް ކަރަންޓީން ގައި ހުއްޓައި ގއ. މާމެންދޫ މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ކަރަންޓީން ގައި ހުއްޓާ ޕޮޒިޓިވް  މާމެންދޫ މީހާޔާއެކު ދަތުރުކުރި ދެމީހުން ފިޔަވައި އެންމެންނަކީ ގެމަނަފުށީމީހުންނެވެ. އެމީހާއާއެކު 40 މީހުން ދަތުރުކޮށްފައިވާ ކަމަށް އެންއީއޯސީގެ ތަރުޖަމާން މަބުރޫކް ޢަބްދުލްއަޒީޒް ވިދާޅުވިއެވެ.

ކަރަންޓީންގައި ހުއްޓާ މާމެންދޫ އިން ޕޮޒިޓިވްވީ އުމުރުން 28 އަހަރުގެ ފިރިހެނެކެވެ. އޭނާ އާއި އެކު އާޢިލާގެ އިތުރު ދެމީހަކު ވެސް ވެސް ކަރަންޓިން ވެގެން ތިބީ އެއް ގޭގައެވެ. ޕޮޒިޓިވްވި މީހާ އާއި އޭނާއާއެކު ކަންރަންޓީންވެގެންތިބި އާއިލާގެ ދެ މީހުންވެސް ބޭސްފަރުވާއަށް މާލެ އައިސް އުޅުމަށްފަހު އެނބުރި ރަށަށް ދިޔައީ މަހުގެ 13 ވަނަ ދުވަހުއެވެ. ޕޮޒިޓީވް މީހާގެ އަލާމާތްތައް ފެންނަންފަށައިފައި ވަނީ މިމަހުގެ 14 ވަނަ ދުވަހުއެވެ. ހަމަ އެދުވަހު ސާމްޕަލް ނެގުނު ކަމަށް ވެސް އެންއީއޯސީގެ ތަރުޖަމާނު ވިދާޅުވިއެވެ. މާލެއަށް ސާމްޕަލް ގެނެވުނީ 15 ދުވަހުގެ ރެއެވެ. ނަތީޖާ މިއަދު ލިބުނު އިރުވަނީ ބައްޔަށް ޕޮޒިޓިވް ވެފައިކަމަށް މަބްރޫކް ވިދާޅުވިއެވެ.  

މާމެންދޫން ޕޮޒިޓިވްވި މީހާ މާލެއަށް ދަތުރުކޮށްފައި ވަނީ މިދިޔަ މަހުގެ 31 ގައެވެ. އޭނާ މާލެއަށް އައިސްފައިވަނީ ބަލިމީހެއްގެ އެހީތެރިއެއްގެ ގޮތުގައެވެ މާލޭގައި އާއިލާގެ އިތުރު ދެމީހަކާ އެކުގައި އެމޮހާ ހުރީ ގެސްޓް ހައުސްއެއްގައެވެ. މަލޭގައި ހުރިއިރު މި މަހުގެ ހަވަނަ ދުވަހު އޭނާ ކޮވިޑަށް ޓެސްޓު ކުރިއެވެ. ނަމަވެސް އެޓެސްޓްގެ ނަތީޖާ ނެގެޓިވްކަމަށް މިރޭ މަބްރޫކް ވިދާޅުވިއެވެ.

މާމެންދޫން ޕޮޒިޓިވްވި މީހާގެ ކޮންޓެކްޓް ޓްރޭސިން މާމެންދުއާއި ގެމަނަފުށީގައި ފަށާފައި ވާކަމަށާއި މިރޭ އެމަސައްކަތް ނިންމާ ލެވޭނެކަމަށް މަބަރޫކް ލަފާ ކުރައްވައެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.