ރައްިޔިތުންގެ މަޖިލީހުގެ އިދާރީ މުވައްޒަފަކަށް ކޯވިޑް ޖެހިއްޖެއެވެ.
މަޖިލީހުގެ އިދާރާގެ މުވައްޒަފަކަށް ކޯވިޑް ޖެހުނުކަން އެ އިދާރާއިން ވަނީ ކަށަވަރު ކޮށްދީފައެވެ. އެ އިދާރާއިން ހާމަކުރި ގޮތުގައި މިހާރު އެ މުވައްޒަފާ ސީދާ ދިމާވީ މީހުންގެ ހޯދުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ. ކޮންޓެކްޓް ޓްރޭސިން އާއި ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ނިމުމާއެކީ މަޖިލިސް ހުޅުވޭނެކަމަށްވެސް އެ އިދާރާއިން މައުލޫމާތު ދެއެވެ،
ކޯވިޑާ ގުޅިގެން މާލެ ބަންދުކުރުމުން މަޖިލީހުގެ މަސައްކަތް އޮންލައިންކޮށް ކުރިއަށްގެންދިއުމަށްފަހު މަޖިލިސްކުރާ ގޭގައި ޖަލްސާތައް ބާއްވަން ފެށީ ބަންދު ނިމެން ދެ ދުވަހަށް ވެފައި ވަނިކޮށެވެ.