އިންޑިޔާއާއި ޗައިނާއިންވެސް މިލްކުވެރިކަމަށް ދައުވާކުރާ ލަދާޚް ސަަރަހައްދުގެ ގަލްވާން ވާދީގައި ރޭ ދެ ގައުމުގެ ސިފައިންގެ ދެމެދުގައި ބަދަލުކުރެވުނު ހަމަލާތަކެއްގައި އިންޑިޔާ ސިފައިންގެ ކޮމާންޑިންގް އޮފިސަަރަކާއި އިތުރު ދެމީހުން މަރުވެއްޖެއެެވެ.
މިއީ މި ސަރަަހައްްދުގައި ދެ ގައުމުގެ ދެމެދުގައި ހިނގި ކުރިމަތިލުމެއްގައި ފާއިތުވި 45 އަހަރުގެ ތެރޭގައި ބަޔަކު މަރުވި ފުރަތަމަ ފަަހަރެވެ. އިންޑިޔާ ސިފައިންގެ ތަރުޖަމާނު ބުނި ގޮތުގައި ދެ ފަރާތުގެ ސިފައިންގެ ދެެމެދު ހިނގާފައިވަނީ ވަރުގަދަ ކުރިމަތިލުމެކެވެ.
މި ކުރިމަތިލުމުގައި ޗައިނާގެ ސިފައިންނަށްވެސް އަނިޔާވެފައިވާ ކަމަށް ޗައިނާ ސަރުކާރާ ގުޅުން އޮންނަ ނޫހަކުން ބުނެފައި ވެއެވެ.
ހޯމަ ދުވަހުގެރޭގެ ކުރިމަތިލުން ހިނގާފައި މިވަނީ ފާއިތުވި ހަފުތާތަކުގެ ތެރޭގައި އެ ސަރަހައްދުގައި ނުތަނަވަސްކަން އިތުރުވެ، ދެ ގައުމުން ވެެސް ސިފައިންގެ އެތައް ހާސް ބަޔަކު އެ ސަރަހައްދަށް ފޮނުވާފައި ވަނިކޮށެވެ.
"ނުތަނަވަސްކަން ކުޑަކުރަން މަސައްކަތް ކުރެވެމުން ދަނިކޮށް، ރޭ ވަނީ ވަރުގަދަ ކުރިމަތިލުމެއް ހިނގާފަައި. އިންޑިޔާ ފަޅިން ސިފައިންގެ އޮފިސަރަކާއި، ދެ މީހަކު ވަނީ މަރުވެފައި." އިންޑިޔާގެ ސިފައިންގެ ތަރުޖަމާނުގެ ފަރާތުން ނެރުނު ބަޔާނެއްގައި ވެެއެވެ.
"ދެ ފަރާތުގެ އަސްކަރީ އިސް އޮފިޝަލުން ދަނީ މަސްރަހު ފިނިކުރުމަށް އެ ސަރަަހައްދުގައި ބައްދަލުުކުރަމުން." އަސްކަރީ ތަރުޖަމާނުގެ ބަޔާނުގައި ވެއެވެ.
ޗައިނާގެ ފޮރިން މިިނިސްޓްރީން ބުނީ، މަސްރަހު ހޫނުވާ ފަދަ އެއްވެސް ކަމެއް ޗައިނާގެ ފަރާތުން ކޮށްފައި ނުވަނީސް، އިންޑިޔާ ސިފައިން ހޯމަދުވަގެރޭ އިސްވެ ހަަމަލާދިނީ ކަމަށެވެ. އަދި ސަރަހައްދީ ރޮނގުގައި ތިބި އިންޑިޔާ ސިފައިން މައިތިރި ކޮށްފައި ބޭތިއްބުމަށް ގޮވާލައި، އިންޑިޔާއަށް އިހުތިޖާޖީ ސިޓީއެއް ފޮނުވާފައިވާ ކަަމަށެވެ.
1962 ވަނަ އަހަރުން ފެށިގެން ޗައިނާއާއީ އިންޑިޔާއާ އަންނަނީ ލަދާޚްގެ ސަރަހައްދެއްގެ މައްސަލައިގައި އަރައިރުންވަމުންނެެވެ. އިންޑިޔާއިން އެއީ އެ ގައުމުގެ ބައެއް ކަަަމަށް ދައުވާކުރާއިރު، ޗައިނާއިން ބުނަނީ އެއީ އެ ގައުުމުގެ ޒިންޖިއާން ޕްރޮވިންސުގެ އަކްސާއި ޗިން ކަމަށެވެ.