ސިފައިންގެ މޭޖާ އަދި މަޝްހޫރު ލަވަކިޔުންތެރިޔާ އަޙްމަދު އާތިފް މިއަދުގެ ވަގުތެއްގައި ނިޔާވެއްޖެއެވެ.
އާތިފް ނިޔާވީ ހދ. ހަނިމާދޫގައި ހުންނަވަނިކޮށް ކުއްލި ގޮތަކަށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ހަނިމާދޫގައި އާތިފް ހުންނެވީ އެރަށުގައި ހުންނަ ސިފައިންގެ މަރުކަޒުގެ އެންމެ އިސްވެރިޔާގެ ގޮތުގައެވެ. އެނގިފައިވާ ގޮތުގައި އާތިފްގެ ހަށިގަނޑު މިހާރު އޮތީ ހަނިމާދޫ ސިއްޙީ މަރުކަޒުގައި ބާއްވާފައެވެ.
ސިފައިންގެ ބޭންޑްގައި ލަވަ ކިޔައިގެން މަޝްހޫރުކަން ހޯދި އާތިފް ވަނީ ފަހުން ބަޔެއް ވީޑިޔޯ ލަވަތަކަށްވެސް ލަވަ ކިޔުއްވާފައެވެ. ގިނައިން ގައުމީ ލަވަ ވިދާޅުވަމުން އައި އާތިފްގެ ބަޔެއް ލަވަތައް ވެގެން ގޮސްފައި ވަނީ ދިވެހިންގެ ތެރޭގައި ވަރަށް މަގްބޫލުކަން ހޯދި ލަވަތަކަކަށެވެ.