ބޮޑުތަކުރުފާނު ކަނޑިން ކުރި ހަނގުރާމައަށްވުރެ ރައީސް ޔާމީން ކުރައްވާ ހަނގުރާމަ ބޮޑު

ޕޯޗުގީޒުންގެ އަޅުވެތި ކަމުން ރާއްޖެ ސަލާމަތް ކުރެއްވުމަށް ބޮޑުތަކުރުފާނު އޭރު ކަނޑިން ކުރެއްވި ހަނގުރާމައަށްވުރެ ރައީސް ޔާމީން މިއަދު ގައުމަށްޓަކައި ކުރައްވާ ހަނގުރާމަ މާބޮޑު ކަމަށް އިގްތިސޯދާބެހޭ ވަޒީރު މުޙަންމަދު ސައީދު ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ޖަގަހައެއްގައި ރޭ އޮތް ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރައީސް ޔާމީން އަށް މިއަދު ކުރިމަތިވާ ހަތިޔާރު ކަނޑިއަށްވުރެ ނުރައްކާ ކަމަށެވެ. ނަމަވެސް ރައީސް ޔާމީން މިއަދު މަސައްކަތް ކުރައްވަނީ ބޮޑުތަކުރުފާނުގެ ހިތްވަރުން ހިތްވަރު ހޯއްދަވައިގެން ކަމަށްވެސް މިނިސްޓަރ ސައީދު ވިދާޅުވިއެވެ.

އިދިކޮޅު ހަތަރު ލީޑަރުން ކަމަށްވާ ރައީސް މުޙަންމަދު ނަޝީދު އާއި ރައީސް މައުމޫންގެ އިތުރުން ޖޭޕީގެ ލީޑަރ ގާސިމް އިބްރާހިމް އާއި ޝައިޚް އިމްރާން އަބްދުﷲއަށް އިޝާރާތް ކުރައްވައި ސައީދު ވަނީ ބަހުގެ ހަމަލާތަކެއްވެސް ރޭ ދެއްވާފައެވެ. އެގޮތުން އެ ހަތަރު ލީޑަރުން މަސައްކަތް ކުރައްވަނީ ރާއްޖެ ފަގީރު ކަމުގެ ތެރެއަށް ވައްޓާލަން ކަމަށް ސައީދު ވިދާޅުވިއެވެ.

އަދި އިދިކޮޅު ހަތަރު ބޭފުޅުން ހިންގަވަނީ ނިދީގައި ތިއްބަވައިގެން ކަމަށާއި އެހެންވެ އެ ހަތަރު ބޭފުޅުންނަށްވެސް "ބޮނޑިލިބެމުން އަންނަ" ކަމަށް މިނިސްޓަރ ސައީދު ވިދާޅުވިއެވެ. ސައީދު ވިދާޅުވީ 2018 ގެ ފަހުންވެސް ރާއްޖޭގެ ވެރިކަން ކުރައްވާނީ ރައީސް ޔާމީން ކަމަށާއި 21 ވަނަ ޤަރުނުގެ ހަލަބޮލި ކަމުގެ ތެރޭގައިވެސް ރައީސް ޔާމީން ވަރުގަދަ ސާބިތުކަމެއް ދައްކަވަމުން އަންނަ ކަމަށް ސައީދު ވިދާޅުވިއެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.