11 އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާކުރުމުގެ ތުހުމަަތަށް 38 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފި

މާލޭގެ ގެސްޓު ހައުސް އެއްގައި 11 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރުމުގެ ތުހުމަތަށް 38 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ. މި ފުލުހުން މައުލޫމާތު ދޭގޮތުގައި މިރޭގެ ވަގުތެއްގައި މި މީހާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ. 

11 އަހަރުގެ ކުއްޖަކަށް ގެސްޓު ހައުސް އެއްގައި ޖިންސީ ގޯނާ ކުރި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މި މަހުގެ ދިހަވަނަ ދުވަހުއެވެ. މި ކުއްޖާއަށް ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ގުޅުންހުރި މުއައްސަސާތަކާއި ގުޅިގެން މަަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަނިޔާ ލިބުނު ކުއްޖާ މިހާރުވަނީ ރައްކާތެރި މާހައުލަކަށް ބަދަލުކުރެވިފައެވެ. 

ފުލުހުން ގެންދަނީ ޚާއްސަ އިސްކަމެއް ދީގެން މި މައްސަލަ ތަހުގީގުކުރަމުންނެވެ. 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.